ads
މެސީ
އެމެރިކާގައި ކުޅޭ ފްރެންޑްލީ މެޗުތަކުގައި މެސީ ނުކުޅޭނެ
ކުރިއަށް އޮތް އިންޓަނޭޝަލް ބްރޭކްގައި، އެމެރިކާގައި އާޖެންޓީނާއިން ކުޅޭ އެކުވެރިކަމުގެ ދެ މެޗުގައި ލިއޮނަލް މެސީ ނުކުޅޭނެ ކަން ކަށަވަރުވެއްޖެއެވެ.

އެމެރިކާގައި، އާޖެންޓީނާއިން ކުޅެން އޮތް ދެ ފްރެންޑްލީ މެޗަކީ އަލްސަލްވެޑޯއާ ދެކޮޅަށް ކުޅޭ މެޗަކާއި ކޮސްޓަރީކާއާ ދެކޮޅަށް ކުޅޭ މެޗެވެ. މި ދެ މެޗުންވެސް މެސީ ބާކީކޮށްފައިވަނީ އަނިޔާގެ ސަބަބުންނެވެ. 

އިންޓަނޭޝަނަލް ބްރޭކްގައި އާޖެންޓީނާއިން ފުރަތަމަ ކުޅޭ މެޗުގައި ކުޅޭނީ، ހުކުރު ދުވަހު އަލްސަލްވަޑޯއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އެމެރިކާގެ ފިލަޑެލްފިއާގައެވެ. 

ދެވަނަ މެޗަކީ ލޮސް އެންޖަލިސްގައި ކޮސްޓަރީކާއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗެވެ. މި މެޗު ކުޅޭނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. 

މެސީއަށްއަށް އަނިޔާވީ، އެމެރިކާގައި އޭނާ މިހާރު ކުޅެމުންދާ ކްލަބުގެ މެޗެއްގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް