ads
ސީޕްލޭން އެއާ އެމްބިއުލާންސް - ފޮޓޯ: ސޯޝަލް މީޑިއާ
ސީޕްލޭން އެއާ އެމްބިއުލާންސްގައި ފުރަތަމަ ފަހަރަށް ބަލި މީހަކު އުފުލައިފި
އަަލަށް ތައާރަފްކުރި ސީޕްލޭން އެއާ އެމްބިއުލާންސްގައި ފުރަތަމަ ފަހަރަށް ބަލި މީހަކު އުފުލައިފި އެވެ.

ސީޕްލޭން އެއާ އެމްބިއުލާންސްގައި މިއަދު ބަލި މީހަކު މާލެ ގެނައީ ދ. ކުޑަހުވަދޫންއިންނެވެ. މިއީ ސީޕްލޭންގައި އެއާ އެމްބިއުލާންސްގައި ބަލި މީހަކު އުފުލި ފުރަތަމަ ފަހަރެވެ.

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މި މަހުގެ އެއްވަނަ ވަނަ ދުވަހެވެ. އެއަށްފަހު ސީޕްލޭން އެއާ އެމްބިއުލާންސްގެ ހިދުމަތް ސަރުކާރުން ފަށަން ނިންމީ އެއާޕޯޓު ނެތް ރަށްރަށުން ވެސް ބަލި މީހުން އުފުލުމުގެ ހިދުމަތް ލިބޭނެ މަގު ތޔަނަވަސް ކުރުމަށެވެ. މި ހިދުމަތް ފެށީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަންގެ މަތިންދާ ބޯޓަކާއި ސީޕްލޭނެކެވެ. މި ދެ ބޯޓުގައި އިމަޖެންސީ ހާލަތުގައި ބަލި މީހާއަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް ލިބެން ހުންނާނެ އެވެ.

ޑީއެޗްސީ-6 ޓްވިން އޮޓާގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށާފައި ވާއިރު، މި ހިދުމަތް ދެނީ ހެލްތް މިނިސްޓްރީ އާއި އާސަންދައިގެ އިތުރުން އެންސްޕާއާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް