ads
ތޮއްޔިބް
ވީގޮތެއް ނާންގާ ތޮއްޔިބު ސްޓެލްކޯއިން ވަކިކޮށްފި
މި ސަރުކާރުން ތޮއްޔިބު ޝަހީމް އައްޔަންކުރި ސްޓެލްކޯގެ ވަޒީފާއިން ވަކިކޮށްފިއެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި އުޅުނު ތޮއްޔިބް ސްޓެެލްކޯގެ ބިއުރޯގެ ސަރވިސް ސްޕަވައިޒަރ ކަމުގެ މަޤާމަށް އައްޔަންކުރީ މިދިޔަ ޖެނުއަރީ 29 ގައެވެ. 

މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމުވެސް އަދާކުރި ތޮއްޔިބް އޭނާގެ އެކްސަގައި ރައީސް މުއިއްޒަށް އެޑްރެސްކޮށް ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވަނީ އެއްވެސް ނަސޭހަތެއް އިންޒާރެއް ދިނުމެއް ނެތި އޭނާ ސްޓެލްކޯއިން ވަކިކޮށްފައިވާކަން އަންގާ ޗިޓް ހަވާލުކޮށްފައިވާކަމަށެވެ. 

ކުއްލިއަކަށް މާރިޗް 3 (އެއްމަހާ 4 ދުވަސް ފަހުން) ވަނަ ދުވަހު އަޅުގަނޑު އެޗްއާރު ގެންގޮސްފައި އަޅުގަނޑުގެ މަސައްކަތާއި މެދު އެއްވެސް ވާހަކައެއް ނުދައްކަވާ، ސްޕަވައިޒަރުންގެ އެއްވެސް ނުރަނގަޅު ނުގުތާއެއް ފާހަގަ ކުރުމެއް ނެތި، އެއްވެސް އިވެލުއޭޝަނެއް ހެއްދެވުމެއްނެތި، ވަޒަން ކުރުމެއްނެތި، ނަސޭހަތެއް ނުވަތަ އިންޒާރެއް ދިނުމެއްނެތި ދެންނެވީ "ވެރިން އެންގެވިގޮތަށް" އަޅުގަނޑާއި ދެމެދު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަ ވާހައެވެ. އެހިސާބުން އަޅުގަނޑު ބަސްހުއްޓި ދަންނަވާނެ ވަކިއެއްޗެ ނޭނގިފައި ހުއްޓާ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓް ހަވާލުވުމަށް ސޮއިކުރަން ހަމައެވަގުތު އެދުމުން ޙައިރާން ކަމުގައިހުރެ އެ ޗިޓާއި ހަވާލުވީމެވެ." ތޮއްޔިބު އެކްސްގައި ޕޯސްޓްކޮށްފައިވެއެވެ.

ތޮއްޔިބް ރައީސް މުއިއްޒަށް އެޑްރެސްކޮށް ކޮށްފައިވާ ޕޯސްޓްގައި އޭނާގެ މަގާމު އަލުން އިއާދަކޮށްދިނުމަށް ވަނީ އެދިފައެވެ.

" އިއްޒަތްތެރި ރައީސް، އަޅުގަނޑު ވަރަށް އަދަބުވެރި ކަމާއެކު ވަރަށް އާދޭހާއިއެކު އެދެނީ އަޅުގަނޑަށް ސްޓެލްކޯއިން ފާއިތުވި ޖެނުއަރީ 29 ވަނަ ދުވަހު ދެއްވި ސަރވިސް ސްޕަވައިޒަރ (ގްރޭޑް1) ކަމުގެ ވަަޒީފާ އަލުން އިޢާދަ ކޮށްދެއްވައި އަޅުގަނޑު ވަޒީފާއަށް ނެރެދެއްވުމަށް ދެންނެވުމެވެ." ތޮއްޔިބުގެ ޕޯސްޓުގައި ވެއެވެ.

1 މަހާއި 4 ދުވަސްފަހުން ވަޒީފާއިން ވަކިކުރި ޗިޓް ހަވާލުކުރިއިރު ކުންފުންޏާ އެކު ހެދި ވަޒީފާގެ  އެއްބަސްވުންވެސް ލިބިފައި ނުވާކަމަށްވެސް ތޮއްޔިބް ބުނެއެވެ. އަދި ކުންފުނީގެ މި ނިންމުމާއި މެދު އިންސާފު ހޯދަން މަސައްކަތް ކުރާތާ 16 ދުވަސް ވެއްޖެކަމަށްވެސް ތޮއްޔިބު ވަނީ ބުނެފައެވެ. 

 މި ސަރުކާރު ވެރިކަމަށް އައުމަށްފަގު އެމްޑީޕީގެ ސޯޝަލް އެކްޓިވްސްޓުންގެ ގޮތުގައި އުޅުނު ބައެއް މީހުންނަށް އަންނަނީ ސަރުކާރުން ވަޒީފާ ދެމުންނެވެ. މިގޮތުން ބައެއް މީހުންނަށް އެމްބަސީތަކުން ވަޒީފާ ވަނީ ހަމަޖައްސައިދީފައެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް