ads
ކެމްޕެއިނަށް މަގުމަތީ ޕޭވްމަންޓަށް ޖަހާފައި ހުރި ހޮޅިތައް ސިޓީ ކައުންސިލުން ނަގަނީ
ކައުންސިލްގެ އިންޒާރު: ކެމްޕެއިނަށް ފޭވްމަންޓަށް ހޮޅި ނުޖަހާތި އުފުރާލާނަން
ކެމްޕެއިން ބޭނުމަށް މާލޭގެ އެއްވެސް މަގެއްގެ ޕޭވްމަންޓަށް ހޮޅި ޖަހައިފިނަ އެތަކެތި ނަގާނެކަމުގެ އިންޒާރު މާލޭ ސިޓީ ކައުންސިލުން ދީފިއެވެ.

އެ ކައުންސިލުން ބުނީ އިސްތިހާރު ހަރުކުރުމަށްވެސް ނުވަތަ ކެމްޕެއިން ބެނާ ދެމުމަށްވެސް މަގުމަތީގެ ފޭވްމަންޓަށް ހޮޅި ޖެހުމަކީ މަނާކަމެއްކަމަށެވެ. އަދި މި ގޮތަށް އެއްވެސް ފަރާތަކުން ހޮޅު ޕޭވްމަންޓަށް ޖަހައިފިނަމަ އެ ތަކެތި ނަގާނެކަމުގެ އިންޒާރުވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ދީފައެވެ. 

ސިޓީ ކައުންސިލުން ވަނީ އެގޮތަށް ޖަހާފައި ހުރި ހޮޅިތައް ނަގަންވެސް ފަށާފައެވެ.

ހުޅުމާލޭގައި ކެމްޕެއިން ތަކެތި ހަރުކުރެވޭނެ ވަކި ސަރަހައްދުތަކެއްގައި ހުއްދަ ހޯދައިގެން ކަމަށް އެޗްޑީސީންވެސް އިއްޔެ ވަނީ ބުނަފައެވެ.

މިދިޔަ ރިޔާސީ އިންތިހާބައި މާލޭ ސިޓީ މޭޔަރުގެ އިންތިހާބުގައި މާލޭގައި މައިމަގު މަޖީދީމަގު ފޭވްމަންޓަށް ހޮޅި ޖަހާ ކެމްޕެއިން ބެނާތައް ވަނީ ދަމާފައެވެ. 

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އޭރުގެ މޭޔަރު ޑރ މުހަައްމަދު މުއިއްޒުގެ ކެމްޕެއިން ބެނާތައް ދަމަން މަޖީދީމަގަށް ސިޓި ކައުންސިލްގެ މުވައްޒަފުން ނުކުމެ ހޮޅި ޖަހަނިކޮށް ބައެއް ފޮޓޯތައް އެދުވަސްވަރު އާއްމުވިއެވެ. އެހެންނަމަވެސް މޭޔަރު މުއިއްޒު އޭރު ވިދާޅިވީ އެއީ އެމަނިކުފާނަށް އެނގިގެން ހިނގާކަމެއް ނޫންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް