ads
މި ރޯދަ މަހު ވެސް އުރީދޫގެ ހަދިޔާފޮށިން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި - ފޮޓޯ: އުރީދޫ
އުރީދޫ ހަދިޔާފޮށި އެބަ ހުޅުވަންތަ؟ އެޕަލް ވިޝަން ޕްރޯއެއް ލިބިދާނެ އެނގޭ!
އުރީދޫ މޯލްޑިވްސްގެ ހަދިޔާ ފޮށިން މި ރޯދަ މަހު ވެސް އަގުހުރި އިނާމުތަކަކެއް ހޯދުމުގެ ފުރުސަތު މިވަނީ ހުޅުވާލާފަ އެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ކުރިއަށް ގެންދިޔަ ހަދިޔާ ފޮށިން ތަފާތު އިނާމުތައް ކަސްޓަމަރުންނަށް ދޫކޮށްލާފައިވެ އެވެ.

މި އަހަރުގެ ހަދިޔާ ފޮށިން އެންމެ ފާހަގަކޮށްލެވެނީ ފޮށީގައިވާ އެޕަލް ވިޝަން ޕްރޯ އެވެ. އަދި އައިޕްޑާއި އައިފޯން 15 ޕްރޯގެ އިތުރުން ޑިސްކައުންޓް ވައުޗާތައް ވެސް ހަދިޔާ ފޮށި ހުޅުވައިގެން ލިބިދާނެ އެވެ.

އެއް ޓިބީއާ ހަމައަށް ޑޭޓާ ހޯދުމުގެ ފުރުސަތު ވެސް ލިބޭ މި ހަދިޔާ ފޮށްޓަކީ ގޭމިން ޕެކުތައް ހޯދުމަށް ވެސް ރަނުގެ ފުރުސަތެކެވެ. ޑޭޓާ ހުސްވާން ކައިރިވެއްޖެ ނަމަ އަވަހަަށް ހަދިޔާ ފޮށްޓަށް ފިތަން ފަށާށެވެ. އޭރުން ފޮށި ހުޅުވޭއިރު އިތުރު ޑޭޓާ ލިބުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ.

ހަދިޔާ ފޮށީގައި ބައިވެރިވެވޭނީ އުރީދޫ ސުޕައެޕްގެ ހޯމްޕޭޖުން ފެންނަ ހަދިޔާފޮށި ބެނާގައިވާ "ޕްލޭ" އަށް ފިތާލުމުންނެވެ. އެއަށްފަހު ސްކްރީނުން ފެންނަން އިންނަ ހަދިޔާ ފޮށްޓަށް ފިތަމުން ގެންދިއުމުން ފޮށި ހުޅުވި، ލިބުނު އިނާމު އެނގިގެންދާނެ އެވެ. އަދި ފޮށި ހުޅުވާ އެއްވެސް ފަހަރަކު ހުސްއަތާ ނުކުންނާކަށް ނުޖެހޭނެ އެވެ.

އުރީދޫގެ ހަދިޔާ ފޮށި ހުޅުވޭނީ ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު އެވެ. ހަދިޔާ ފޮށި ހުޅުވުމުން ދެން އަލުން ފޮށި ހުޅުވޭނެ ވަގުތު ފެންނަން ހުންނާނެ އެވެ. ހަދިޔާ ފޮށި ކުޅޭ ކޮންމެ ފަހަރަކީ އިނާމެއް ޔަގީންވާނެ ފަހަރެކެވެ.

ރޯދަ މަހަށް ހާއްސަ މި ހަދިޔާ ފޮށި ހުޅުވައިގެން ކޮންމެ ދުވަހަކު "ސްޓްރީކް" ހަދައި، "ކަރާ ޕޮއިންޓްސް" ކަލެކްޓް ވެސް ކުރެވޭނެ އެވެ. އެހެންކަމުން ސްޓްރީކް ހިފަހައްޓައިގެން ޕޮއިންޓް އިތުރުކޮށް ލީޑަރުބޯޑުގެ ކުރިއަށް އެރުމުން، ކޮންމެ ހަފްތާއެއްގައި ލީޑަރުބޯޑުގެ އެންމެ ކުރީގައިވާ ތިން ކަސްޓަމަރުންނަށް ލިބޭ "ވީކްލީ މެގަ ގިފްޓް" ލިބުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް