ads
ބެޑްމިންޓަން ރައީސް މޫސަ
ބެޑްމިންޓަން އިންތިހާބު ހުއްޓާލަން އޭސީސީންވެސް އަންގައިފި
މާދަމާ ރޭ އައްޑޫ ސިޓީގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު ހުއްޓާލަން އޭސީސީން އަންގައިފި އެވެ.

އައްޑޫ އިކުއޭޓްރަލް ވިލެޖުގައި ހުކުރު މާދަމާ ރޭ ބާއްވަން ތާވަލުކޮށްފައި އޮތް ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ހުއްޓާލަން އޭސީސީން އެންގި އިރު، އެ އިންތިހާބު އިހަށް މަޑު ކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވެސް ވަނީ އަންގައިފަ އެވެ.

އިންތިހާބު ހުއްޓާލަން އޭސީސީން އެންގީ، އެސޯސިއޭޝަނާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ތަހުގީގު ކުރަން ފެށުމަށް ފަހުއެވެ. ކޮމިޝަނަރު އިންތިހާބު މަޑު ކުރަން އެންގީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ހުރި މައްސަލަތަކެއްގެ ކަންކަން އިސްލާހު ކުރުމަށް ފަހު އިންތިހާބެއް ބޭއްވުމަށެވެ. އެކަމަކު، ސްޕޯޓްސް ކޮމިޝަނަރުގެ އެންގުމަށް ބެލުމެއް ނެތި، ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިހާބުގެ ކަންކަން އަންނަނީ ކުރަމުންނެވެ. އޭސީސީގެ އެންގުމާ ގުޅިގެން އަމަލު ކުރާނެ ގޮތެއް އަދި ނޭނގެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިން ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ މޫސާ ނާޝިދު (މޫސަ) އަށް ވެސް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އަމާޒުވެ އެވެ. ކުރިއަށް އޮތް އިންތިހާބުގައި މޫސަ ރައީސްގެ މަގާމަށް ވާދަނުކުރެ އެވެ. މޫސަ ވާދަކުރަނީ ނައިބު ރައީސްގެ މަގާމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް