ads
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ - ފޮޓޯ: ސްޓެލްކޯ
ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންއިރު ގައުމު އޮތީ ބަނގުރޫޓުވުމާ ގާތުގައި: ފަހުމީ
ރައީސް ޑރ، މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންއިރު ގައުމު އޮތީ ބަނގުރޫޓުވުމާ ގާތުގައި ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ މި ހާލަތުން އަރައިގަތުމަށްޓަކައި ކުރާން އޮތް އެންމެ ބޮޑު ގައުމީ މަސައްކަތަކީ ލޯނުތައް ރިސްޓަރަކްޗާ ކުރުމާއި މާލީ ނިޒާމު އިސްލާހުކޮށް، ގާނޫނީ އޮނިގަނޑު މެދުވެރިކޮށް ހެޔޮބަދަލުތައް ގެނައުން ކަމަށެވެ. 

މިކަން ކުރެވޭނީ މަޖިލީހުގެ ސުޕާ މެޖޯރިޓީ އަގަކާނުލައި ހެޔޮ ހިތުން ސަރުކާރަށް ތާއީދުކުރާ، ގައުމީ ލާބައަށްޓަކައި ސަރުކާރާއިއެކު މަސައްކަތް ކުރާނެ ކެނޑިޑޭޓުންތަކެއް ހޮވައިގެން ކަމަށް ފަހުމީ ވިދާޅުވި އެވެ. 

ގައުމީ މަސްލަހަތު އިސްކުރައްވައި ސަރުކާރު ބާރުވެރި ކުރުވައިގެން ކަަމަށާއި ގައުމީ މި މަސައްކަތުގައި ހުރިހާ ދިވެހިން އެކުގައި އެއްބައިވަންތަކަމާއިއެކު ކުރިއަށް ދިއުމަށް ފަހުމީ ވިދާޅުވި އެވެ.

މި ރޯދަ މަހުގެ ތެރޭގައި ކުރިން ބާއްވަން ނިންމާފައިވާ މަޖިލީސް އިންތިހާބު މިހާރު ވަނީ އަންނަ މަހުގެ 21 ވަނަ ދުވަަހަށް ލަސްކޮށްފައި އެވެ. 

މި ގޮތަށް އިންތިހާބު ލަސްކޮށްފައި މިވަނީ މި މަހުގެ 17 ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމުމާއި ގުޅިގެން ރޯދަމަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭނެ ގޮތަށް މަޖިލީހުން އިންތިހާބުގެ ގާނޫނަށް ބަދަލުގެނެސް އެ ބަދަލު ރައީސް ތަންފީޒު ކުރެއްވުމާއި ގުޅިގެން ނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް