ads
ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްތަކެއް ކުރަން ޗައިނާ ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކުރުން
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ޗައިނާ ކުންފުންޏަކާއެކު އެއްބަސްވުމެއް
ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ޗައިނާގެ ޓިޔަންޔިން އިންކް (ސީއެންޓީވައި) އާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. އަދި ސީއެންޓީވައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ކާއޮ ޑެބިއާއޮ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްުމަށްފަހު މިނިސްޓަރު ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަބަން ޑިވެލޮޕްމަންޓްގެ ދާއިރާއިން ސީއެންޓީވައި އިން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ ރާއްޖޭގެ ގައުމީ ތަރައްގީ އާއި ތިމާވެށީގެ ހިމާޔަތަށް ކުރިއަށް ގެންދާ ހައްސާސް މަޝްރޫއެއް ކަމަށެވެ.

ސީއެންޓީވައިގެ ރައީސް ކާއޮ ޑެބިއާއޮ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމުގަވެ.

ޗައިނާގެ ކުންފުންޏަކާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަބަން ޑިވެލޮމަންޓްގެ ދާއިރާތަކަށް މަސައްކަތްކުރާނެ އެވެ. އަދި ސީއެންޓީވައިއިން، އެ ކުންފުނީގެ ސިނާއީ އަދި ޓެކްނޮލޮޖީ ގާބިލުކަން ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށް އެހީތެރިވެ ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން މިނިސްޓްރީން ބުނީ ތިލަފުށީގައި ހިންގާ ވޭސްޓް ޓު އެނަޖީ މަޝްރޫއުގެ ފޭސް 1 އަދި 2 އަށް ޗައިނާ ޓިޔަންޔިން އިންކްގެ ފަރާތުން ސްޓޭކްހޯލްޑަރުންނާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ބަލަހައްޓާ އިދާރާތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތައް ކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް