ads
ޔުނނިވާސަލް ފިލްމްސް އާއި އެމެޒޯން ޕްރައިމް ވިޑިއޯސް
ޓްރޭޑްމާރކް ބިލަށް އާންމުގެ ހިޔާލަށް ހުޅުވާލައިފި
ޓްރޭޑްމާރކްގެ ބިލު ނުވަތަ ފިކުރީ މުދަލާ ބެހޭ ބިލަށް އާންމުގެ ހިޔާލަށް ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މި ބިލަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ އާދީއްތަ ދުވަހުގެ 14:00 އާއި ހަމައަށެވެ. އެގޮތުން މިނިސްޓްރީއަށް ލިއުމުން ނުވަތަ އީމެއިލްގެ ޒަރީއްޔާއިން ޚިޔާލު ފޮނުވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފިކުރީ މުދާ ހިމާޔަތް ކުރުމަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މަގުޗާޓުގައި ހިމެނޭ މުހިންމު މަސައްކަތެއްކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަ ކުރެއެވެ. އެގޮތުން މިމަސައްކަތުގެ ތެރެއިން ރާއްޖޭގެ ޓްރޭޑްމާކާއި ގުޅުންހުރި ހައްޤުތައް ރަޖިސްޓްރީކޮށް ރައްކާތެރިކުރުމުގެ ގާނޫނީ އޮނިގަނޑެއް ގާއިމްކުރުމަށް ޓްރޭޑްމާކުގެ ބިލް އެކުލަވާލާއި އާންމުންގް ހިޔާލަށް ވަނީ ހުޅުވަން ނިންމާފައިވާކަން މިނިސްޓްރީން ހާމަކުރެއެވެ.

މި ބިލު އެކުލަވާލުމުގެ އެންމެ މުހިންމު މަގުސަދަކީ، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓަރީ ކޮށްދިނުމާގުޅޭ ނިޒާމެއް ގާއިމުކޮށް އެކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައަޅައި، ޓްރޭޑްމާރކް، އަދި އެހެނިހެން ފިކުރީ މުދަލާ ގުޅޭ ހައްގުތައް ތަންފީޒުކޮށް، ހިންގުމަށްޓަކައި އިދާރީ އޮނިގަނޑެއް އެކުލަވާލުން ކަމަށް ވެސް ބުންޏެވެ. 

އަދި މިގާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އުސޫލު އަދި ހައްގު ގެއްލޭ ފަރާތްތަކަށް ލިބިދޭ ފަރުވާ ބަޔާންކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް