ads
ވައްކަން ކޮށްފައިވާ ޓްރާންސްފޯމަރެއް
ހުޅުމާލެއިން ކަރަންޓް ކެނޑެނީ ޓްރާންސްފޯމަރުތަކުން ވައްކަންކުރާތީ
ހުޅުމާލެއިން ކަރަންޓް ކެނޑެނީ ސަބްސްޓޭޝަންތައް ހަލާކުކޮށް ޓްރާސްފޯމަރުތަކުން ވައްކަން ކުރާތީކަމަށް ސްޓެލްކޯއިން ބުނިފިއެވެ.

ސްޓެލްކޯއިން ބުނީ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައިގެންކަމަށެވެ. އަދި އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. 

ސްޓެލްކޯއިން ބުނީ އެ މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާކަމަށެވެ. 

" ރޭ ފަތިހު އަދި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ މި ދެންނެވި ގޮތަށް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާއި ގުޅިގެން. " ސްޓެލްކޯއިން ބުނެއެވެ.

މިގޮތަށް ވައްކަން ކުރުމަކީ  މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލެއް އޮތްކަމެއްކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. އަދި މިއީ ކަރަންޓުގެ އަސާސީ ޚިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން ކުރަމުންދާ މަސައްކަތަށް އެޅޭ ހުރަހެއްކަމަށްވެސް އެ ކުންފުނިން ބުނެއެވެ. 

"މިފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިދަފަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަން." ސްޓެލްކޯއިން ބުނެއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް