ads
އަނބު
ފުލުހުން އެދުނީ ވަގަށް އަނބު ބިންނަ މީހާއަށް 30 ދުވަހުގެ ބަންދެއް
ވަގަށް އަނބު ބިދެގެން އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާ މީހަކު، 30 ދުވަހަށް ބަންދު ކުރަން އެދުމުން ކޯޓުން އެކަމަށް ދެކޮޅު ހަދައިފި އެވެ.

މާލޭގެ އެކިތަންތަނުގައި ހުންނަ އަނބުގަސް މީގެ ކުރިންވެސް އަނބު ބިނދެގެންނާއި އަދި އެ ނޫންވެސް އެކިއެކި މައްސަލަތަކުގައި އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާ، ނ. މާޅެންދޫ ހަވޭލި، އަޒްނީފް މުހައްމަދު އެންމެ ފަހުން ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ކޯޓުން ޖެހީ ތިން ދުވަހެވެ. އެކަމަކު އެ ބަންދު ރިޕޯޓުން އެނގޭ ގޮތުގައި ފުލުހުން އެދިފައިވަނީ އޭނާ 30 ދުވަހު ބަންދުކޮށްފައި ބަހައްޓާށެވެ.

ފުލުހުން އެދިފައިވަނީ 30 ދުވަހު ބަންދުގައި ބަހައްޓަން. އެކަމަކު އެއީ، ހާލަތާ ނުބައްދަލު ވަރެއް ކަމަށް ދެކެން. އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްލައިފިނަމަ ނިޒާމް އާއްމު ގެއްލި ދާނެ ކަމަށް ބުރަވެވޭ. އެއީ ހުޅުވާލެވޭ ނުބައި ދޮރެއް ކަމަށް ދެކެން. ނިޒާމް އާއްމު ހިފެހެއްޓުމުގެ ގޮތުން، ބަންދުގައި ބެހެއްޓުމުގެ ޒަރޫރަތެއް އޮތް ކަމަށް ދެކެން- ގާޒީ މިސްބާހު

އަޒްނީފް މިދިޔަ ޑިސެމްބަރު މަހު ތެރޭ ހުއްދަ ނެތި 200 އަނބު ބިނދެގެން ހައްޔަރުކޮށްފައިވެ އެވެ. އެ ފަހަރު އޭނާ ހައްޔަރު ކުރީ، ކުރީގެ އިންޑިޔާ އެމްބަސީ ހުރި އިމާރާރުގައި ހުންނަ އަނބުގަހުން އަނބު ބިދެގެންނެވެ.

އަޒްނީފްގެ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ހުރި ގޮތަށް ބަލާއިރު 50 އާއި ގާތް ކުރާ އަދަދަށް ބަންދު ރެކޯޑް އެބަހުއްޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް