ads
އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކުގެ އާރުއޯ ޕްލާންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައިން ކުރަނީ - ފޮޓޯ:ފެނަކަ
އައްޑޫގައި ގުޅިފައިހުރި ރަށްތަކުން އަނެއްކާވެސް ފެން ކެނޑިއްޖެ
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ސަޕްލައި ފެނުގެ ހިދުމަތް އަނެއްކާވެސް ކެނޑިއްޖެ އެވެ.

މިއަދު މެންދުރު ފަހު އާރްއޯ ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން ފެނުގެ ހިދުމަތް މެދު ކެނޑުނުއިރު އައްޑޫގައި ފެނުގެ ރިޒާވެއް ވެސް ގާއިމް ކޮށްފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން ފެނަކައިން ބުނީ އާރްއޯ ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް ވީ އެންމެ އަވަހަށް ޕަމްޕެއް ހޯދައި އައްޑޫއަށް އަލުން ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގަވައިދުން ކުރަންޖެހޭ މަރާމާތުތައް ނުކޮށް ހުރުމުގެ ސަބަބުން ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގައި ވެސް އައްޑޫއިން ސަޕްލައި ފެނުގެ ހިދުމަތް ހަތަރު ދުވަހަށް ވަނީ މެދުކެނޑިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް