ads
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފަޒުލް
ބިންވެރިޔާ ސްކީމްގެ ދަށުން ފޭސް 2 ގެ ގޯތިތަކުގެ އިންފާރު ވަކިކުރުމުގެ މަސައްކަތް ފަށައިފި
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެ ވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ އިންފާރު ވަކިކޮށްދޭން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން މިއަދު ފަށައިފި އެވެ.

އިންވަކިކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ހަރަކާތަށް ފަހު ވާހަކަ ދައްކަވަމުން އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މިއީ އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި އެޗްޑީސީން މިފަހަރު ބިންވެރިންނަށް ފަސޭހަ ކޮށްދިނީ ކަމަށެވެ.

your imageމިއަދު އިން ވަކި ކުރި ބިންތަކުގެ ތެރެއިން ބިމެއް

މީގެ ކުރިން އަމަލު ކުރަމުން އަންނަ ގޮތުން ނަމަ، ގޯތީގައި އިމާރާތް ކުރަން ފެށުމުގެ ކުރިން ތިން މަރުހަލާއެއް ފުރިހަމަ ކުރަން ޖެހޭ ކަމަށާއި ނަމަވެސް މިހާރު އިންފާރު ވަކިކޮށްފައި ދިނުމުން ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދައިގެން ރާނަން ފެށޭ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ނިމެންވާއިރަށް މިހާރު ދޫކޮށްފައި ހުރި ގޯތިތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ގޯތިތަކުގައި އިމާރާތް ކުރުމުގެ ހުއްދަ ދިނުމަށް ކަމަށެވެ.

your imageމިއަދުގެ ރަސްމިއްޔާތުގެ ތެރެއިން

އެގޮތުން، ކަރަންޓާއި ފެނުގެ ނެޓްވޯކަށް އަރާ ގޮތަށް ދޫކޮށްފައިވާ ގޯތިތަކާއި ވެއްޔާއި ހިލަފުނިތައް މަތިން ދޫކޮށްފައިވާ ގޯތިތައް ވެސް ބިމުގެ ވެރިޔާއަށް ބޭނުން ކުރެވޭނެ ގޮތަށް، އެ މަސައްކަތްތައް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންފާރު ވަކިކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، ގޯތިތައް ލިބުނު މީހުންނަށް އެ ބިންތައް ހަވާލުކުރުމަށް އެތަން ސާފުކޮށް ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތް ވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް