ads
ދާހިލީ ވަޒީރު އަލީ އިހްސާން
މާރާމާރީ ހުއްޓުވުމަށް ސަމާލަތީ އިތުރު ފިޔަވަޅުތައް އަޅަނީ: އިހްސާން
މާރާމާރީ ހުއްޓުވުމަށް ސަމާލަތީ ގޮތުން އިތުރު ފިޔަަވަޅުތައް ދިވެހި ފުލުހުން އަޅަމުންދާކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިހްސާން މިހެން ވިދާޅުވެފައި މިވަނީ މާލޭގައި ހުރި ޓޭކްއަވޭ ހިދުމަތް ދޭ ތަނަކަށް ގެއްލުން ދޭން އުޅުނުކަމަށް ބުނެ މީހެއް ގައިގައި ގްރޫޕަކުން ތަޅާ މިރޭ ބޮޑު މާރާމާރީއެއް ހިނގައިފައިވާތީ އެކަމާއި ގުޅުވައެވެ. 

ދާހިލީ ވަޒީރު އިހްސާން ވިދާޅުވީ މިރޭ އިރާކޮޅު ހެންވޭރުގައި ހިންގި މާރާމާރީއާއި ގުޅިގެން އެކަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށްވެސް އިހްސާން ވިދާޅުވިއެވެ. މާރާމާރީތައް ހުއްޓުވުމަށް ސަލާމަތީ ގޮތުން އަޅަންޖެހޭ އިއތުރު ފިޔަވަޅުތައް އަޅަމުން އަންނަކަމަށްވެސް އިހްސާން ވިދާޅުވިއެވެ. 

"ރަށުތެރޭގެ އަމަންއަމާންކަން ގެއްލޭ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅިގެންދާނެ." އިހްސާން ވިދާޅުވިއެވެ.

މިރޭ ހިންގި މާރާމާރީގެ ރިޕޯޓް  ލިބުނީ 19:00 ޖަހާކަންހާއިރުކަމަށް ފުލުހުން ބުނެއެވެ. އަދި ރިޕޯޓް ލިބުމުން އެތަނަށް ދިޔައިރު އެތަނަށް ގެއްލުން ދޭން އުޅުނުކަމަށް ބުނާ މީހާއަށް ހަމަލާދިނުމަށްފަހު މާރާމާރީ ހިންގި މީހުން ފިލާފައިވާކަމަށް ފުލުހުން ބުނެއެވެ. 

މި މާރާމާރީއާ ގުޅިގެން ޓޭކްއަވޭ ތަނަށް ގެއްލުންދޭން އުޅުނުކަމަށް ބުނާ މީހާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް