ads
ވައްކަން ކޮށްފައިވާ ޓްރާންސްފޯމަރެއް
ޓްރާންސްފޯމަރުން ވައްކަންކުރަނިކޮށް ކަރަންޓްގައި ޖެހިއްޖެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހިއްޖެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ މިއަދު ފަތިހު ވިދާޅުވީ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި ހިތާމަވެރި ހާދިސާއެއް މިރޭ ވަނީ ހިނގާފައިވާކަަށެވެ. އެކަމުގެ ތަްސީލެއް އަދި އެމީހެ ހާލެއް އަދި ސާފެއް ނުވެއެވެ. 

ކަރަންޓްގައި ޖެހުނު މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދާކަން ވަނީ އެނގިފައެވެ.

 ހުޅުމާލޭގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރުތަކުން ވައްކަން ކުރަމުން އަންނަކަން ހާމަކޮށް ެއެކުންފުނިން އެ މައްސަލަ ފުލުހުންނަށް ހުށައެޅީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. ސްޓެލްކޯއިން ބުނީ އެކަން ކުރާ ބަޔަކު އެކަން ކުރަނީ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައިގެންކަމަށެވެ. އަދި އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް