ads
ފޮޓޯ:ސީއެންއެމް
ވައްކަންކުރަނިކޮށް ކަރަންޓްގައި ޖެހުނު މީހާ މަރުވެއްޖެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނިކޮށް ކަރަންޓްގައި ޖެހުނު މީހާ މަރުވެއްޖެ އެވެ.

މި މީހާ ކަރަންޓްގައި ޖެހުނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި މިމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެ ހޮސްޕިޓަލާއި ހަވާލީ ސްޓެލްކޯއިން ބުނެ އެވެ. 

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 27 އަހަރުގެ ޒުވާނެކެވެ. މި ޒުވާނާގެ ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ. 

ހުޅުމާލޭގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރުތަކުން ވައްކަން ކުރަމުން އަންނަކަން ހާމަކޮށް ެއެކުންފުނިން އެ މައްސަލަ ފުލުހުންނަށް ހުށައެޅީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. ސްޓެލްކޯއިން ބުނީ އެކަން ކުރާ ބަޔަކު އެކަން ކުރަނީ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައިގެންކަމަށެވެ. 

އަދި އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް