ads
އެމްޑީޕީ މަޖިލިސް ކެމްޕެއިންގައި އިބޫ
ގައުމުތަކުން އެހީ ނުލިބެނީ ރައީސް ބޯހަރުކަމުން: ސާލިހް
އެކުވެރި އަވައްޓެރި ޤައުމުތަކުން ރާއްޖެއަށް އެހީތެރިކަން ނުލިބެނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހަރުކަމުންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހް މިހެން ވިދާޅުވީ އެމްޑީީން މަޖލިސްސ އިންތިހާބަށް ނުކުންނަ މާފަންނު ކެންޑިޑޭޓުންނާއި އެކު ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

މިސާރުކާރުން ގެންގުޅުއްވާ ހާރިޖީ ސިޔާސަތަޢް ފާޑު ވިދާޅުވަމުން ރައީސް ސާލިހް ވިދާޅުވީ ރައީސް މުއިއްޒު ގެންގުޅުއްވާ ބޯހަރުކަން ދޫކުރައްވާ އެމަނިކުފާނު ގޮތް ދޫކުރައްވައިފި ނަމަ މިހާރުވެސް ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.

ރާއްޖޭގެ މިވަގުތުގެ މާލީ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ މި ދައްޗަކީ މީގެކުރިން ޕީޕީއެމްގެ ވެރިކަމުގައި ޗައިނާއިން ނެގި ލޯންތަކުގެ ދަތިަކަމަށެވެ. އަދި އެ އަދަދުތައް އިންޑިއާއިން ނަގާފައިވާ ލޯންތަކަަށްވުރެ ބޮޑުވާނެކަމަށްވެސް ސާލިހް ވިދާޅުވިއެވެ. އަދި އެކަމުން އަރައިގަތުމަށް އަވައްޓެރިންނާއި ވާހަކަ ދެއްކައިފިނަމަ އެކަންކަން ވާނެކަމަށްވެސް ސާލިހް ވިދާޅުވިއެވެ. 

"އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުމެންގެ އަވައްޓެރިން އެހީތެރިވެދޭނެ. އެހީތެރިވެދޭނެ. ބޯހަރުކަން ދޫކޮށްލާފައި މީހުންނާ ވާހަކަދައްކަންވީ. އަޅުގަނޑުމެންނަށް އެހީވެދޭނެ ބައިވަރު މީހުން އެބަތިބި. އެހެންނަމަވެސް ގޮތް ދޫކުރާކަށް ނޫޅުއްވާ،" ސާލިހް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ކުރިޔަށް ނުގެންދާތީ އެކަމަށްވެސް ރައީސް ސާލިހު ވަނީ  ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އަދި ސަރުކާރުން މަޝްރޫއުތައް ހިންގަނީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުންކަމަށް ވިދާޅުވެ ސާލިހް ވިދާޅުވީ އިސްރަށްވެހިންގެ ނާދީ ހުޅުވާފައިވަނީ އެތަނުގެ ބޭރުގެ ފާރުގެ ކުލަ ބަދަލުކޮށްލުމަށްފަހު އެކަނިކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް