ads
ބެޑްމިންޓަން ރައީސް މޫސަ
ބެޑްމިންޓަން މޫސަގެ ތަންތަން އޭސީސީން ފާސްކުރަނީ
ބެޑްމިންޓަން މޫސަގެ ތަންތަން އޭސީސީން ފާސްކުރަން ފަށައިފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދުއާ ގުޅުން ހުރި ތަންތަން އޭސީސީން ފާސްކުރަން ފެށީ، ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެންނެވެ. އޭސީސީން ބުނީ މޫސައާ ގުޅުންހުރި ބައެއް ތަންތަން ފާސްކުރަމުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލައިގައި ހުސްވި ހަފުތާގެ އަންގާރަ ދުވަހު އޭސީސީގެ ޓީމަކުން ވަނީ އެ އެސޯސިއޭޝަންގެ އޮފީސްވެސް ރެއިޑްކޮށްފައެވެ. އޭރު އޭސީސީން ބުނީ ބީއޭއެމާ ދެކޮޅަށް ހުށަހެޅިފައިވާ ކޮރަޕްޝަނާ ގުޅުންހުރި، ގިނަ ތުހުމަތުތަކަކާ ގުޅިގެން ލިޔެކިޔުމާއި މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.

އޭސީސީއިން މީޑީއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ އެ ކޮމިޝަނުގެ ޓީމު މިހާރު ބީއޭއެމްގައި ހަރަކާތްތެރިވަމުންދާ ކަމާށާއި އެ ޓީމުން ދަނީ ބީއޭއެމާ ދެކޮޅަށް ހުށަހެޅިފައިވާ ކޮރަޕްޝަނާ ގުޅުންހުރި، ގިނަ ތުހުމަތުތަކަކާ ގުޅިގެން ލިޔެކިޔުމާއި މައުލޫމާތު ހޯދަމުން ކަމަށެވެ.

ބެޑްމިންޓަންގެ ކޮރަޕްޝަން މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނި ނަމަވެސް މިހާތަނަށް އޭގެ ތަފުސީލެއް ހިއްސާ ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް