ads
އައިޖީއެމްއެޗް
އައިޖީއެމްއެޗްއިން ތުއްތު ކުއްޖަކަށް ނުބައި ބޭސްތަކެއް ދިން މައްސަލައެއް
އިންދްރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ފަރުވާ ހޯދި ތުއްތު ކުއްޖެއްގެ ގައިގައި ނެތް ބަލިތަކަކަށް ޑައިގްނޯސްކޮށް ނުބައި ބޭސްތަކެއް ދިން ކަމުގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ކުއްޖާގެ މަންމަ ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ތުއްތު އަންހެން ދަރިފުޅުގެ ގައިގައި ނެތް ބަލިތަކެއް ހުރި ކަމަށް ބުނެ ނުބައި ބޭސްތަކެއް ދީފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އޭނާ ބުނީ ކުއްޖާ ވިއްސުމާއެކު ކުއްޖާގެ ސިއްހީ މައްސަލައެއް ނެތް ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެވެ. ނަމަވެސް ފަހުން އެ ކުއްޖާގެ ހަށިގަނޑުގައި އިންފެކްޝަނެއް ހުރިކަމަށް ބުނެ އެންޓިބައޮޓިކްއެއް ދީފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.

"ނެތް ބަލިތަކަށް ބޭބީ ވަނީ ޑައިގްނޯސް ކޮށްފައި، މިއަދު ރިޕޯޓްތައް ވަނީ ލިބިފައި، ބޭބީގެ އެއްވެސް އިންފެކްޝަންއެއް ނެތަކަން އެނގުނީ މިއަދު." ކުއްޖާގެ މަންމަ ބުންޏެވެ.

މީގެއިތުރުން ހޮސްޕިޓަލްގެ ޗައިލްޑް ހެލްތް ޑިޕާޓްމަންޓުން ދީފައިވާ ޑިސްޗާޖް ސަމަރީގައި ކްލަބް ފޫޓް ފަދަ ނެތް ބަލިތަކެއްގެ ވާހަކަ ޖެހުމަށްފަހު، ފަހުން އެ ބައި ބަދަލުކޮށްފައިވާ ކަމަށް ކުއްޖާގެ މަންމަ ބުނެ އެވެ. 

މި މައްސަލައާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް