ސައުދީގެ ރިޔާދުގައި ހުންނަ ކިއުއެސްއެސް އެއައި އެންޑް ރޮބޮޓްސްގެ ސީއީއޯ އެލީ މެޓްރީ ބިޒްނަސް އިންސައިޑާއަށް ބުނީ ސާރާއަށް އެނގޭނީ އޭނާއަކީ އަންހެން ކުއްޖެއްކަމަށާއި އޭނާގެ އުމުރުން 25 އަހަރު ކަމަެވެ. އަދި އޭނާގެ އުމުރަކީ 1.62 ސެންޓިމީޓަރު، ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ފުރަތަމަ އިންސާނާ ފަދަ ރޮބޮޓެއް ކަމަށްވާ ސާރާ އާއި ގުޅޭ ގޮތުން މެޓްރީ ބުނީ "އޭނާ ރީތިވާން ޖެހޭނެ، ސިޔާސީ ވާހަކަ ނުދައްކާ، ޖިންސީ ވާހަކަ ނުދައްކާ، އަހަރެމެން ސައުދީ އަރަބިއްޔާގައި ތިބޭތީ. އެކަން އެ މައުޟޫއުތަކުގެ ތެރެއަށް ވަދެގެން ނުވާނެ" ކަމަށެވެ.
ސައުދީ ސަގާފީ އަބާޔާއެއް ކަމަށްވާ އާދައިގެ ހެދުމެއް ފަދަ ހެދުމެއް ލައިގެން ހުންނަ ސާރާ އަކީ ސައުދީ އަރަބިއްޔާގައި އަދި މެދުއިރުމަތީގައި ވެސް ފަރުމާކޮށް އުފެއްދި ފުރަތަމަ ހިއުމަނޮއިޑް ރޮބޮޓެވެ.
ސައުދީ ހެދުން ލައިގެން ހުންނަ ސާރާ އަކީ ބައިލިންގުއަލް، އަރަބި ބަހާއި އިނގިރޭސި ބަހުން ވެސް ވާހަކަ ދައްކާ މީހެކެވެ.
މެޓްރީ ބުނީ ސާރާ ބޭނުންކުރަނީ ކުންފުނީގެ އަމިއްލަ ބަސް ދަސްކުރުމުގެ މޮޑެލް — ޓެކްސްޓާއި ވާހަކަ ދެނެގަނެ އުފެއްދުމަށް ފަރުމާކޮށްފައިވާ އެއައި ޕްރޮގްރާމެއް ކަމަށެވެ.
އެލްއެލްއެމް ތަމްރީނު ކުރަނީ ބޮޑެތި ޑޭޓާ ސެޓްތަކެއްގެ މައްޗަށް މެޝިން ލާނިން ބޭނުންކޮށްގެންނެވެ.
ސައުދީ އަރަބިއްޔާގެ ގާނޫނީ ނިޒާމު ބިނާވެފައިވަނީ އިސްލާމީ ޝަރީއަތުގެ ގާނޫނުގެ މައްޗަށް ނަމަވެސް ފާއިތުވި އަހަރުތަކުގައި ސައުދީ މުޖުތަމައު "ޒަމާނީ" ކުރުމަށް ސައުދީ ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.