ads
ދީޕިކާ
ޗަޕާކްގެ ޝޫޓިން ތެރެއިން އާންމުންނަށް ދީޕިކާ ފާހަގަކުރަން ވެސް ނޭނގުނު
ދީޕިކާގެ ކުރިއަށް އޮތް ފިލްމު "ޗަޕާކް"ގެ ޝޫޓިން ތެރެއިން އާންމުންނަށް ދީޕިކާ ފާހަގަ ކުރަން ވެސް ނޭނގުނު ކަމަށް އޭނާ ބުނެފިއެވެ.
ދީޕިކާގެ ކުރިއަށް އޮތް ފިލްމު "ޗަޕާކް"ގެ ޝޫޓިން ތެރެއިން އާންމުންނަށް ދީޕިކާ ފާހަގަކުރަން ވެސް ނޭނގުނު ކަމަށް އޭނާ ބުނެފި އެވެ.

ފިލްމުގެ ޕްރޮމޯޝަންތައް މިހާރު ފަށާފައިވާއިރު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ދީޕިކާ ވަނީ ފިލްމުގެ ޝޫޓިން ދިއްލީގައި ކުރިއަށް ގެންދިޔައިރު އާންމުންނަށް މޭކަޕުގެ ސަބަބުން އޭނާ ފާހަކުރަން ނޭނގުނު ކަމަށް ބުނެފަ އެވެ.

އެގޮތުން ދީޕިކާ ބުނީ ބައެއް މީހުން އޭނާ މޫނަށް ބަލާލަށްފަހު ވެސް ފާހަގަކުރަން ނޭނގޭ ކަމަށެވެ. އަދި ބައެއް މީހުން އެއީ ދީޕިކާތޯ ނޫނީ ނޫންތޯ ސުވާލު އުފައްދާ ކަމަށެވެ.

ޗަޕާކް އަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ.

އުމުރުން އެންމެ 15 އަހަރުގައި އެސިޑު ހަމަލާއެއްގެ ޝިކާރައަށް ލަކްޝްވީ އުމުރުން 32 އަހަރުގެ ފިރިހެނަކު އޭނާއަށް ލޯބި ހުށަހެޅުމުން އެ ހުށަހެޅުން ގަބޫލު ނުކުރުމުންނެވެ.

އާއިލާގެ އެހީތެރިކަމާއެކު އެ ހިތާމަތަކުން ތެދުވެ ލަކްޝްމީ ވަނީ އެސިޑު ހަމަލާގެ ޝިކާރައަކަށްވާ މީހުންނަށް އަމާޒުކޮށް އެންޖީއޯއެއް ހުޅުވާފަ އެވެ.

އަންނަ އަހަރު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު މި ފިލްމު ނެރުމަށް ނިންމާފައިވާއިރު މި ފިލްމުގައި ދީޕިކާއާ އެކު ފެނިގެން ދާނީ ވިކްރަންތު މެކްސޭ އެވެ. އޭނާ ފެނިގެން ދާނީ، ލަކްޝްމީ (ދީޕިކާ)ގެ ފިރިމީހާ، އަލޯކް ޑިކްސިތުގެ ރޯލުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް