ads
ރައީސް މަޖިލީސް ކެމްޕޭނުގެ ތެރެއިން
މަޖްލިސް ކެމްޕޭނަށް ރައީސް މިއަދު އުޅުއްވަނީ ވިލިމާލޭގައި
ކުރިޔަށް އޮތް މަޖިލީސް އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިލިމާލެއަށް ވަޑައިގެންފަ އެވެ.

މިއަދު ރައީސް ވިލިމާލެއަށް ވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ކެމްޕޭނަށެވެ.

ވިލިމާލެ ދާއިރާއަށް ދެން ކުރިމަތިލާފައިވަނީ އަމިއްލަ ގޮތުން ކުރިމަތި ލައްވާ ނަހުލާ އަލީ އަދި އަބްދުލްހަމީދު އަބްދުއްރަހީމް، އެމްޑީޕީން ކުރިމަތި ލައްވާ ކެންޑިޑޭޓު އަބްދުލްމަޖީދު މުސައްރަފު އަބްދުއްރައްޒާގު އަދި ޑިމޮކްރެޓްސް އިން މުހައްމަދު ސިފާޒް އެވެ. 

އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލީސް އިންތިހާބުގެ ކެމްޕޭނަށް ރައީސް ވަނީ އެކި ދާއިރާތަކުގެ ކެންޑިޑޭޓުނަނާއި އެކީ ދޮރުން ދޮރަށް ހިންގަވާ އެ ދާއިރާގެ ރައްޔިތުނައް ދިމާވެފައިވެފައިވާ އެކި ކަހަލަ ދަތިތަކުގެ ވާހަކަ އައްސަވާ އެ ކަންކަން ހައްލުކޮށްދިނުމަށް ކުރެވެން ހުރި ކަންތައް ކޮށްދެއްވަމުން ނެވެ. 

މަޖިލިސް އިންތިހާބަށް ތާއީދު ހޯއްދެވުމަށް ރައީީސް ކުރިއަށްގެންދަވާ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން އެ މަނިކުފާނު ވަނީ މިހާތަނަށް މާލޭގެ ހަތަރު ސަރަހައްދެއްގެ ގެތަކަށް ވަޑައިގަންނަވާފަ އެވެ.

ސަރުކާރު ކޯލިޝަނުން ބުނި ގޮތުގައި ކޮންމެ ބުރާސްފަތި އަދި ހުކުރު ފިޔަވައި ކޮންމެ ދުވަހަކު ވެސް ޕީއެންސީގެ ރައީސް އަދި ރައީސް ޑރ. މުއިއްޒު ޑޯޓޫޑޯ ކެމްޕެއިން ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްދާނީ މެންދުރުފަހު 2:00 އިން 3:00 އަށް ކަމަށާއި، ބައެއް ހަރަކާތްތައް ރޭގަނޑު ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ ކޯލިޝަނުން މައުލޫމާތުދެ އެވެ.

އަންނަ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި އާއިލާތަކާ ބައްދަލުކޮށް އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސް ގެންދަވަނީ އޮޅުންފިލުއްވަމުންނެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅު އެމްޑީޕީން ވެސް ދަނީ މާލޭގައި ޑޯޓުޑޯ ހަރަކާތެއް ހިންގަމުންނެވެ. މި ހަރަކާތުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އޭޕްރީލް 21 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. އިންތިހާބުގައި ވާދަކުރަނީ ޖުމްލަ 371 ކެންޑިޑޭޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް