ads
ފަލަސްތީނުގެ ގާޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުތަކުން ޔަހޫދީން ގާޒާއަށް ބޮންއަޅަނީ
އިޒްރޭލުން ހަނގުރާމަ ވަގުތުން ހުއްޓާލަން ސަލާމަތީ މަޖިލީހުން ފާސްކޮށްފި
ނިރުބަވެރި އިސްރާއީލުން ގާޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލަން އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި އެވެ.

އެ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 14 މެންބަރުން މި ގާރާރާ އެއްކޮޅަށް ވޯޓު ދީފައިވާއިރު, އެމެރިކާއިން އެއްވެސް ކޮޅަކަށް ވޯޓުލާފައެއް ނުވެއެވެ.

7 އޮކްޓޯބަރު 2023، ގައި ގާޒާ ހަނގުރާމަ ފެށުނު ހިސާބުން ހަމަލާތައް ހުއްޓާލުމަށް ސެކިއުރިޓީ ކައުންސިލަށް ވަނީ ގަރާރުތަކެއް ހުށަހަޅައިފަ އެވެ. ނަމަވެސް މީގެ ކުރިން އެއްވެސް ގަރާރެއް ފާހެއް ނުވެ އެވެ.

ގަރާރުތައް ފާސް ނުވަނީ އެމެރިކާއިން ވީޓޯ ކުރާތީ އެވެ. ސެކިއުރިޓީ ކައުންސިލުގެ ދާއިމީ ފަސް މެންބަރު ގައުމަކުން ކުރެ ގައުމަކުން ވީޓޯކޮށްފި ނަމަ ގަރާރު ފާސްކުރެވޭކަށް ނޯވެ އެވެ.

އިޒްރޭލާއި ހަމާސް އިން ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލި ގަރާރުގައި، ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އެންމެން ވެސް އެއްވެސް ޝަރުތަކާނުލައި ދޫކޮށްލަން ވެސް ވަނީ ގޮވާލައިފަ އެވެ.

your imageޣައްޒާގައި ހަމަލާތައް ހުއްޓާލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން މިއަދު ފާސްކުރި ގަރާރަށް ވޯޓަށް އަހަނީ. -- ފޮޓޯ: އޭއެފްޕީ

މި ގަރާރު ފާސްކުރި ވޯޓަށް ފަހު ވާހަކަދައްކަމުން އދ އަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނަ މަންދޫބު ލިންޑާ ތޯމަސް ގުރީންފީލްޑް ބުނެފައިވަނީ މި ގަރާރު މިހާދުވަހު ފާސް ނުވެ އޮތީ ހަމާސް ޖަމާއަތުގެ ސަބަބުން ކަމަށެވެ. 

އަދި މި ގަރާރުގައިވާ ހުރިހާ ނުކުތާ އަކަށް އެމެރިކާ އަށް އެއްބަސް ނުވެވޭ ކަމަށާއި މި ގަރާރު ފާސްކުރަން ނެގި ވޯޓުގައި އެމެރިކާ އިން ބައިވެރިނުވީ އެސަބަބާއި ހުރެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ގަރާރު ފާސް ކުރުމާއެކު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވީ، "އެ ގަރާރު ތަންފީޒު ކުރަންޖެހޭނެ" ކަމަށާއި ތަންފީޒު ނުވެއްޖެ ނަމަ އެކަން ވާނީ "ގަބޫލު ނުކުރެވޭނެވަރުގެ ބަލިވުމެއް" ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގާޒާގެ 32000 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އިޒްރޭލުން ފެނަށް ދަތިކޮށް، މަގުތައް ހަލާކު ކުރަމުންދާތީ ގިނަ އަދަދެއްގެ މީހުންގެ ހަމަލާތަކުގެ ބޭރުން ވެސް އަންނަނީ މަރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް