ads
ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޒަމީރާއި މުހައްމަދު އަބްދުލްގާދިރު ޖެހިޖެހިގެން. ފޯޓޯ: މިހާރު
ޓިކެޓް ލިބުނު ކޫކުގެ ތާއީދު ޒަމީރަށް، ރައީސް އޮއްސާލީ ތައުރީފު
ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ޕީއެންސީގެ ފަރާތުން މައްޗަންގޮޅީ މެދު ދާއިރާއަށް ވާދަކުރަން ޓިކެޓް ލިބުނު ކެންޑިޑޭޓް މުހައްމަދު އަބްދުލްގާދިރު (ކޫކު) އެ ދައިރާއަށް އަމިއްލަ ގޮތުން ވާދަކުރާ އަހްމަދު ޒަމީރަށް ތާއީދުކުރަން ނިންމައިފިއެވެ.

ސިޓީ ކައުންސިލެގެ މެމްބަރެއްގެ ގޮތުގައި ހުރި އަދި ރައީސް ޑރ. މުއިއްޒުގެ އަރިސް މީހުންގެ ތެރޭގައި ހިމެނޭ ޒަމީރުވެސް ޕީޕީއެމް / ޕީއެންސީ މަޖިލިސް ޕްރައިމެރީގައި ވާދަކުރިއެވެ. 

ހަތަރު ކެންޑިޑޭޓުން ވާދަކުރި ޕްރައިމެރީގައި 429 ވޯޓުން ޒަމީރަށް ލިބުނީ 127 ވޯޓެވެ. 174 ވޯޓުން އެދާއިރާގެ ޓިކެޓް ކަށަވަރުކުރީ މުހައްމަދު އަބްދުލްގާދިރު (ކޫކު)އެވެ. އެހެންނަމަވެސް ރައީސް ޑރ. މުއިއްޒު ތާއިދުކުރަން ނިންމެވީ ޒަމީރަށެވެ. 

ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް. ޑރ މުއިއްޒު ބައިވެރިވެޑައިގަތެވެ. މި ޖަލްސާގައި މުހައްމަދު އަބްދުލްގާދިރު (ކޫކު)ވެސް ބައިވެރިވެ އޭނާ ވަނީ ޒަމީރަށް ތާއިދުކޮށްދިނުމަށް ދާއިރާގެ ރައްޔިތުން ކިބައިން އެދިފައެވެ. އަދި ޒަމީރަށް ރައީސް ތާއީދުކުރަން ނިންމި ނިންމުމަކީ ވަރަށް ހިކުމަތްތެރި ނިންމުމެއްކަމަށްވެސް އޭނާ ބުންޏެވެ. 

މުހައްމަދު އަބްދުލްގާދިރު (ކޫކު)ގެ މި ނިންމުމާއި އެކު ރައީސް މުއިއްޒުވަނީ އޭނާއަށް ވަރަށް ތައުރީފުކުރައްވާ ވާހަކަ ދައްކަވާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ ކޫކުގެ ނިންމުމަކީ ވަރަށް ހިތްތިރި އިހްލާސްތެރި ނިންމެެއްކަަމަށެވެ. އަދި އެއީ ވަރަށް ބޮޑު ހިތެއްގެ  ވެރިއަކަށް ނޫނީ ނުކުރެވޭނެ ކަމެއްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. 

ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް / ޕީއެންސީ ޓިކެޓް ލިބުނު ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންގެ ބަދަލުގައި ރައީިސް މުއިއްޒު ގެންދަވަނީ ބައެއް އެހެން ކެންޑިޑޭޓުންނަށް ތާއިދުކުރަމުންނެވެ. މިކަމުގެ ސަބަބުބް ބައެއް ހިޔާލު ތަފާތުންވުން އުފެދިފައިވާއިރު މި ހުރިހާ ކެންޑިޑޭޓުންވެސް ކެމްޕެއިން ކުރަމުންދަނީ ރައީސް މުއިއްޒުގެ ފޮޓޯ ޖަހައިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް