ads
ހަމާސް އިން ދިން ހަމަލާއެއްގައި ހަލާކޮށްލި އިޒްރޭލްގެ ޓޭންކެއް
ގަރާރުން ގާޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ގެއްލުން ލިބޭ: އިޒްރޭލު
އދ ގަރާރުން ގާޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ގެއްލުން ލިބޭ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިސްރާއީލުން ބުނާ ގޮތުގައި ގާޒާއިން އިސްރާއީލާއެކު މިހާރު ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ހަމާސްއިން ދެކޮޅު ހެދުމަކީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އދ. އިން ގޮވާލިޔަސް ވާންއޮތް ކަމެއް ނޫން ކަމަށެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތުގެ "ޑިލޫޝަނަލް ޑިމާންޑްސް" ކަމަށް އިސްރާއީލުން ހަވާލުނުވާނެ ކަމަށެވެ.

އޭގެ ތެރޭގައި ހަނގުރާމަ ނިމުމަކަށް ގެނައުމާއި އިސްރާއީލުގެ ސިފައިން މުޅިން ގާޒާއިން ވަކިވުން ހިމެނެއެވެ. އިސްރާއީލުގެ ވައިގެ ހަމަލާތަކާއި ގާޒާގެ ހުރިހާ ހިސާބެއްގައި ބިންމަތީގައި ހަނގުރާމަތައް ކުރިއަށް ގެންދަން އިޒްރޭލުން އަދި ވެސް ބޭނުމެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުނު ފަހުން އެ ސަރަހައްދުގައި 32،400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 90 މީހުން މަރުވެފައިވާ ކަމަށް ހަމާސް އިން ހިންގާ ހެލްތު މިނިސްޓްރީން ބުނެ އެވެ.

އދ އިން ފާސްކުރި ގަރާރު ގޮވާލަނީ ވަގުތުން ހަމަލާތައް ހުއްޓައިލުމަށާއި ގާޒާއަށް ބޭހާއި ކާބޯތަކެއްޗާއި އިންސާނީ އެ ނޫން ވެސް އެހީ ވެއްދުމުގެ ފުރުސަތު ދިނުމަށެވެ. އަދި ފަހުން ދާއިމީކޮށް ހަމަލާތައް ހުއްޓައިލުމަށެވެ. ނަމަވެސް ގާއާ ދެކޮޅަށް އިސްރާއީލު ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ގޮވައިލި ގޮވާލުމަށް އިސްރާއީލު ސާފު އިބާރާތުން ދެކޮޅު ހަދައެވެ. 

އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ބުނީ ސަލާމަތީ މަޖިލީހުގެ ގަރާރާ ގުޅިގެން އިސްރާއީލުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ޣައްޒާއަށް ދޭ ހަމަލާތައް އިސްރާއީލުގެ މަގްސަދު ހާސިލުން ވަންދެން ހުއްޓުމެއްނެތި ކުރިޔަށްގެންދާނެ ކަމަށެވެ. އިސްރާއީލުގެ މީޑިއާ ބުނާގޮތުން އެގައުމުގެ ހަނގުރާމައިގެ ކެބިނެޓުންވެސްވަނީ ގާޒާއަށް ދޭ ހަމަލާތައް ހުއްޓާނުލުމަށް ނިންމާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް