ads
(ޕީސީބީ)ގެ ނައިބު ރައީސް މުހައްމަދު ފިރާޒް
ޕީސީބީގެ ނައިބު ރައީސް ވެރިކަންކުރާ ޕީއެންސީގެ މެމްބަރެއް، ގާނޫނުން މަނާކަމެއް
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބު ރައީސް މުހައްމަދު ފިރާޒަކީ ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަން ހާމަވެއްޖެއެވެ.

ޕީސީބީގެ ރައީސާއި ނައިބު ރައީސް އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ތިބުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ. 

މުހައްމަދު ފިރާޒަކީ ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމަށް ތުހުމަތު ކުރައްވާ އެކަމުގެ ކަންބޮޑުވުން މަޖޅީހުގެ އެސްއޯއީ ކޮމެޓީގައި ހިއްސާކޮށް އެ ވާހަކަ ދެއްކެވީ މައްސަލަތަކެއް ބަލަމުން ދާތީ މަގާމުން ސަސްޕެންޑްކޮށްފައިވާ މިފްކޯގެ ސީއީއޯ އަހްމަދު ޝަމާހް ރަޝީދުއެވެ.

ސިޔާސީ ޕާޓީގެ ދަފްތަރު ދައްކާގޮތުން ފިރާޒް ޕީއެންސީގެ މެމްބަރަކަށްވެ އެޕާޓީގައި ރަޖިސްޓްރީވެފައި ވަނީ މިިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 11ދުވަހުއެވެ. 

ޕީސީީބީގެ ނައިބު ރައީސަކީ ސިޔާސީ ޕާޓީއެެއްގެ މެމްބަރެއްކަމަށް ޝަމާހް ވިދާޅުވުމުން ޕީސީބީގެ ރައީސް ހަމްދީ އަގީލްވަނީ އެކަން ދޮގުކުރައްވާފައެވެ. ހަމްދީ އަގީލް ކޮމެޓީގައި ވިދާޅުވީ އެ ބޯޑުގެ އެއްވެސް މެމްބަރަކު ސިޔާސީ އެއްވެސް ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ނުތިބޭނެކަމަށެވެ. 

މިފްކޯގެ ސީއީއޯ ޝަމާހް ވިދާޅުވީ އެނާ މަގާމުން ސަސްޕެންޑްކޮށްފައިވަނީ ވަކި ބައެއް ނޫފޫޒުން އަސްލެއް ނެތް ތުހުމަތަކެއްގައިކަމަށެވެ. އަދި އެކަން ކުރަނީ ޒަމާނުންސުރެ މިފްކޯގެ ތެެރޭގައި ހިންގަމުން އަންނަ ކޮރަޕްޝަންތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމުންކަމަށްވެސް ޝަމާހް ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް