ads
މުދާއަރުވައިގެން ދިޔަ އާގު ބޯޓް ބްރިޖުގައި ޖެހި ބްރިޖުން ބައެއް ވެއްޓިފައި
ބްރިޖުގައި ބޯޓުޖެހި ކޯރަށް ވެއްޓުނު 6 މީހުން ނުފެނޭ
ބޮލްޓިމޯގައި އޮންނަ ޕަޓެޕްސްކޯ ކޯރު ހުރަސް ކުރަން އޮންނަ ބުރިޖުގައި އާގު ބޯޓެއް ޖެހި ބްރިޖް ވެއްޓުނު ހާދިސާގައި 6 މީހަކު ގެއްލިއްޖެއެވެ.

މުދާ އަރުވާ ބަރާކޮށްގެންދިޔަ 948 ފޫޓްގެ ދިގު "ޑާލީ" ޖެހުނީ ފްރަންސިސް ސްކޮޓް ކީ ބްރިޖުގައެވެ. ބޯޓު ބްރިޖުގެ ތަނބެއްގައި ޖެހުމާއިއެކު ބްރިޖް ހަލާލުވެގެން ވެއްޓުނެވެ. އެވަގުތު ބްރިޖު މަތީގައި މަސައްކަތުގައި ތިނބި 8 މީހަކާއި ބްރިޖްމަތީގައި އޮރް ގިނަ އަދަދެއްގެ އުޅަނދުތައް ކޯރުގެ ތެރެއަށް ވެޢްޓުނުކަމަށް ހަބަރުތައް ބުނެއެވެ. 

މީގެތެރެއިން 6 މީހުން މިހާތަނަށް އަދި ފެނިފައިނުވާއިރު ސަލާމަތްވި އެކަކުގެ ހާލު ވަރަށް ސީރިއަސްކަމަށް ހަބަރުތައް ބުނެއެވެ.

މި ހާދިސާއާއި ގުޅުގެން އެެމެރިކާގެ ބަލްޓިމޯގެ އެންމެ ބާރު ބޮޑު އެއް ބަނދަރު މިވަނީ ބަންދުކުރަން ޖެހިފައެވެ. 

މުދާ އަރުވައިގެން ދިޔަ އާގު ބޯޓް ބްރިޖުގައި ޖެހުނީ އެ ބޯޓުގެ އިންޖީނު ހުއްޓިގެންނެވެ. އަދި  މި ހާދިސާގައި ގިނަ ބަޔެއްގެ ފުރާއަނައަށް ގެއްލުން ނުވެސަލާމަތްވީ އިންޖީނު ހުއްޓުމާއި އެކު އެކަން ބޯޓްގެ ކެޕްޓަން ރިޕޯޓްކުރުމުން ބްރިޖަށް ނޭރޭ ގޮތަށް ބްރިޖު ވަގުތުން ބަންދުކުރުމުންނެވެ. ބޯޓު ގޮސް ބްރިޖުގައި ޖެހުނީ އެ ބޯޓްްގެ ނަގިލި ވައްޓާލައިގެން ބޯޓު ހުއްޓޫމުގެ މަސައްކަތް ބޯޓްގެ ފަޅުވެރިން ކުރަމުން އަންނަނިކޮށެވެ. 

މި ބޯޓްގައި ޖެހި ބްރިޖް ވެއްޓުނީ ބްރިޖެ ހާލަތު ނުވަތަ ފެންވަރު ދަށްވެގެން ނޫންކަމަށާއި މިހާތަަނަށް ބެލިބެލުމުން މީ އެކްސިޑެންޓެއްކަން އެނގޭކަމަށް މާއި ގުޅޭ އިދާރާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. 

އެމެރިކާ ގަޑިން މެންދަމު 1:30 ގެ ހިނގި މިހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ބޯޓްް މަތަކުރަން މަސައްކަތް ކުރާކަން ފެެނެއެވެ. އަދި ބޯޓްގޮސް ބްރިޖުގައި ޖެހުމާއި އެކު ވަގުތުން ބްރިޖްގެ ވެއްޓެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް