ads
ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ ސަރުކާރުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، ޢަބްދުއްސައްތާރު މުހައްމަދުގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މުއިއްޒު ވާހަކަދައްކަވަނީ
ވޯޓްދޭން ސަރުކާރު މެމްބަރަކުނެތް، ރައީސަށް ގޯސްވީ އިދިކޮޅު
ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށައެޅި ފުރަތަމަ ބިލު މަޖިލީހުން ބޭރުކޮށްލީ އިދިކޮޅު މެމްބަރުންގެ އިހްލާސްތެރިކަން ނެތުމުކަމަށް ބުނެ އިދިކޮޅަށް ރައީސް. ޑރ މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެއެވެ. ވޯޓްދޭން ސަރުކާރު މެމްބަރަކުނެތް، ރައީސަށް ގޯސްވީ އިދިކޮޅު

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނައިގެން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ފުރަތަމަ ބިލް "ސޮވަރިން ޑިވެލޮޕްމަންޓު ފަންޑާ ގުޅޭ ބިލް" އިއްޔެ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. 

މި ބިލް ވޯޓަށް އެހިއިރު ތަޅުމުގައި ތިބީ 28 މެމްބަރުންނެވެ. އޭގެތެރޭގައި ސަރުކާރަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ނެތެވެ. ވޯޓަށް އެހުމުން ވޯޓްގައި ބައިވެރިވީ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. ބޮންޑާ ވޯޓް ދެއްވީ ބިލް ބަލައިގަތުމަށެވެ، ޝަރީފު ވޯޓް ދެއްވީ ބިލް ބަލައިނުގަތުމަށެވެ. 

ނަތީޖާ އެއްވަރުވުމާއި ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް ވޯޓު ދެއްވީ އެ ބިލު މަޖިލީހަށް ބަލައިނުގަތުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނުގެ ފަރާތުން ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އަބްދުއްސައްތާރު މުހައްމަދުގެ ކެމްޕޭނު ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުވަނީ މަޖލީހުގެ ނިންމުމަށް އިދިކޮޅަށް ފާޑުކިޔާފައެވެ. 

ރައީސް ވިދާޅުވީ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ހާއްސަ ގާނޫނެއް ފާސްކުރަން ބޭނުންވީ ރާއްޖޭގެ އިގްތިސާދު ރަނގަޅު މަގަށް ގެންދިޔުމަށް އެކަން ކޮންމެހެން ކުރަން ޖެހޭތީ ކަމަށެވެ. އެހެންމަމަވެސް އެކަމަށް ބިލެއް ހަދާ މަޖިލީހަށް ފޮނުވާލުމުން ބޭރުކޮށްލީ އެއްވެސް ސަބަބެއް ނެތިކަމަށެވެ. 

" ކޮބައިތޯ ސަބަބަކީ؟ އެއްވެސް ސަބަބެއް ނެތް. އެ އޮތީ އެކަން ވެސް ކުރެއްވި ގޮތް ފެންނަން. ދެން ކީއްކުރަންތޯ މި ވިސްނުމުގައި ތިބި ބަޔަކު ކުރިއަށް އޮތް ފަސް އަހަރަށް އެ މަޖިލީހަށް ހޮވަންވީ؟" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިއްޔެ މަޖިލީހުގައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ވޯޓަށް އެހުމަށްފަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އަހަމްަދު ސަލީމް ވިދާޅުވީ ރައްޔިތުން މަޖލީޙުގެ ތާރީހުގައިވެސް މިފދަ ވޯޓެއް މިގޮތަށް ނެގިކަން އެނގިވަޑައި ނުގަންނަވާކަމަށެވެ.

"ވޯޓާ ހިސާބަށް އައިއިރު ތަކުރާރުކޮށް އަޅުގަނޑު ދަންނަވަމުން ދިޔައީ މި ގަޑީގައި ވޯޓު އޮންނާނެ ކަން. ފްލޯއިން މި ފެންނަނީ ސަރުކާރުގެ އެއްވެސް މެމްބަރަކު, ހަމަ އެއްވެސް މެމްބަރަކު ހާޒިރުވެ ނެތްކަން. އެހެންވީމާ މި ބިލުގެ މުހިންމުކަން ސަރުކާރުގެ މެމްބަރުންގެ ފަރާތުން ފެނިފައި ނުވާތީ އަޅުގަނޑު ވޯޓު ދެނީ ނުފެންނަ ކަމަށް," ވޯޓު ދެއްވި ސަބަބު ހާމަކުރައްވަމުން ސަލީމް ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް