ads
ދިވެހި އުމްރާވެރިން ހައިސްޕީޑް ރޭލުގައި ދަތުރުކުރަނީ
ދިވެހި އުމްރާވެރިން ފުރަތަމަ ފަހަރަށް ހައިސްޕީޑް ރޭލުގައި މަދީނާއަށް
ދިވެހި އުމްރާވެރިން ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ފުރަތަމަ ފަހަރަށް ހަރަމައިން ހައިސްޕީޑް ރޭލުގައި މަދީނާއަށް ދަތުރު ފަށައިފިއެވެ.

ހައްޖުކޯޕަރޭޝަނުން ވަނީ އުމްރާ ދަތުރުތަކުގައި މައްކާއިން މަދީނާއަށް އަދި މަދީނާއިން މައްކާއަށް ބަހުގައި ދަތުރުކުރުމުގެ ބަދަލުގައި ހަރަމައިން ހައިސްޕީޑް ރޭލް ބޭނުންކުރަން ނިންމާފަައެވެ. 

މި ނިންމުމާއި އެކު މި ރޯދަމަހު އުމްރާއަށް ދިޔަ މީހުން ގޮވަައިގެން ފުރަތަމަ ފަހަރަށް ހައްޖު ކޯޕަރޭޝަނުން މިވަނީ ދަތުރުކޮށްފައެވެ. ކޯޕަރޭޝަންގެ އެމްޑި މުހައްމަދު ޝަކީލް ވިދާޅުވީ މީގެ ކުރިން 7 ގަޑި އިރުން ބަހުގައި މައްކާއިން މަދީނާއަށް ކުރަމުން އައި ތަކުލީފު ބޮޑު ދަތުރު ނިމުމަކަށް ގެނެސް ހައި ސްޕީޑް ޓްރެއިންގެ ހިދުމަތާއެކު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ރަމަޟާންމަހު އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ މީހުން މައްކާއިން މަދީނާއަށް ދަތުރު ފަށާފައިވާކަމަށެވެ. އަދި މި ދަތުރުރަކީ  2 ގަޑިރުގެ ކުރު ދަތުރެއްްކަންވެސް ޝަކީލް ފާހަގަކުރިއެވެ. 

" ‏އުމްރާގެ މާތް އަޅުކަން އަދާ ކުރުމަށްދާ ފަރާތްތަކުން އުފުލަން ޖެހޭ ތަކުލީފުތަކަށް ވީހާވެސް ލުއި ގޮތްތަކެއް ހަމަޖައްސައި ދެއްވުމަށް ރައީސް ޑރ. މުއިއްޒު ވަނީ ދެއްވާފައިވާ އިރުޝާދެއްވާފައި." ޝަކީލް ވިދާޅުވިއެވެ

your imageދިވެހި އުމްރާވެރިން ހައިސްޕީޑް ރޭލަށް އެރުމަށް ސްޓޭޝަންގައި މަޑުކޮށްލައިގެން

ރޭލްގަައި މި ދަތުރުތައް ކުރުމަށް ނިންމި ނަމަވެސް މިހާރު އުމްރާގެ ދަތުރުތަކަށް ނަގަމުންދާ އަގު، އިތުރަށް ބޮޑުނުކުރާނެކަމަށްވެސް ހައްޖުކޯޕަރޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް