ads
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ މެދުގައި
މައްސަލަ ގަނޑުތެރޭން ބެޑްމިންޓަން އެކްސްކޯގެ ބައެއް އިސްތިއުފާ ދިފި
މައްސަލަ ގަނޑެއްގެ ތެރޭގައި އޮތް ބެޑްމިންޓަން އެސޯސިއޭޝަންގެ އެކްސްކޯގެ ދެ މެންބަރަކު އިސްތިއުފާ ދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްތިއުފާ ދީފައިވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި ފަރުދީ މެމްބަރެއްގެ ޒިންމާ އަދާކުރައްވަމުން އައި، ސިޔާދު ހަބީބު އާއި އަންހެން މެމްބަރެއްގެ ގޮތުގައި ހުންނެވި، މުރުޝިދާ އަބްދުލް މަންނާން އެވެ.

ސިޔާދު އާއި ބެޑްމިންޓަން ގައުމީ ޓީމުގެ މެނޭޖަރުކަން ދާދި ފަހުން ކޮށްފައިވާ މުރުޝިދާ ވެސް މަގާމުން އިސްތިއުފާ ދީ ފޮނުވާފައިވާ ސިޓީގައި ފާހަގަކޮށްފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މިހާރުގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެފައިވާތީ އާއި މި ވަގުތު އެސޯސިއޭޝަނާ ގުޅިގެން މަސައްކަތް ކުރުމުގެ މާހައުލެއް އޮތް ކަމަށް ގަބޫލުނުކުރޭވޭތީ މަގާމުން އިސްތިއުފާ ދޭން ނިންމީ ކަމަށެވެ.

އައްޑޫ އިކުއޭޓްރަލް ވިލެޖުގައި، މި މަހު 22 ވަނަ ދުވަހު ބާއްވަން ނިންމި ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު މާހައުލު ތަންނުދޭތީ ކަމަށް ބުނެވަނީ ފަސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް