ads
ޑޮލީ ޗައިވާލާ ރާއްޖެއައިސް ވެލާނާ އެއާޕޯޓްގައި ހިންދީ މަޝްހޫރު ތަރި ސޮހައިލް ހާނާއެކު
"ޑޮލީ ޗައި ވާލާ" ރާޢްޖޭގައި
އިންޑިއާގެ ނާގަޕޫރުގައި މަގުމަތީ ސައި ވިއްކަން އުޅޭ "ޑޮލީ ޗައިވާލާ" ރާއްޖެ އަތުވެއްޖެއެވެ.

އެނާ ރާޢްޖޭގައި ޗުއްޓީ ހޭދަކުރަނީ އަދާރަން ހުދުރަން ފުށީގައެވެ. އެނާ ރާއްޖޭގެ ދަތުރަށް ފެށީންސުރެ ދަތުރުގެ މަންޒަރުތައް އަންނަނީ އޭނާގެ އިންސްޓްގްރާމްގައި ޕޯސްޓްކުރަމުންނެވެ.

ކަރުގައި ރަންފަށެއް އަޅާ ވަޔަރ ލެސް ހެޑް ފޯނެއް ޖަހައިގެން ތަފާތު ހެޔާ ސްޓައިލެއް ގެންގުޅޭ ޑޮލީ މަޝްހޫރު ވެގެންދިޔައީ އޭނާ ސައި ތައްޔާރު ކުރަން ގެންގުޅޭ ސްޓައިލްތަކެއް ސަބަބުންނެވެ. 

2007 ވަނަ އަހަރުން ފެށިގެން މަގުމަތީގއި ސައި ވިއްކަން އުޅޭ "ޑޮލީ ޗައިވާލާ" މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަުގަދަ މީހަކަށްވެފައެވެ. އެހެންކަމުން ހިންދީ ބައެއް ފިލްމީތަރިންނާއެކުވެސް ބައެއް ޕޯސްޓްތައް އޭނާ ވަނީ އާއްމުކޮށްފައެވެ. 

އަދި ދާދިފަހުން އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅުގެ ކައިވެންޏަށް އެގައުމަށް ދިޔަ މައިކްރޯ ސްފްޓްގެ ބާނީ ބިލް ގޭޓްސްއަށް ޗައިވާލާ ތައްޔާރުކޮސްދިން ސަޔާއި އެކު އަނެއްކށވެސް މަގުބޫލުކަން އިތުރަށް އަރައިގެން ދިޔައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް