ads
މަލޭ މަގުމަތި. ފޮޓޯ:އެމްޕީއެސް
އީދުދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ
ފިތުރު އީދު ދުވަހު ހަވީރު 4:00 ފެށިގެން އިރުއޮއްސި 6:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތައް ބަންދުކުރަން ނިންމީ އެގޮތަށް ހުށައެޅުމަށް ދިވެހި ބަހާއި ތަރިކައާއި ބެހޭ ވުޒާރާއިން އެދުމުންކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ. އަދި އެ ވުޒާރާއިން އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް މާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެ ވަގުތު 4:00 އިން 8:00 އިތުރުކުރުމަށް ކައުންސިލް ބައެއް މެމްބަރުން ހުށައެޅިއެވެ. އެކަމަކު ފާސްވާ ވަރަށް ވޯޓެއް ނުލިބުނެވެ.

ސަގާފީ ކުޅިވަރުތައް ކުޅޭ ބައެއް ގުރޫޕުތަކުން މިއަހަރުގެ ފިތުރު އީދު ދުވަހު މާލޭގައި ސަގާފީ ހަރަކާތްތައް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކޮންމެ އަހަރަކުވެސް އީދު ދުވަހު ވަކި ވަގުތެއް ފައިމަގުގައި އުޅޭ ގޮތަށް އަންނަނީ ހަމަޖައްސަމުންނެވެ. އަދި މި ވަގުތު ގިނަ އަދަދެއްގެ ބަޔަކު ކުޑަކުދިން ގޮވައިގެން މަގުތަކަށް ނުކުމެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް