ads
ރުބިއަލެސް
ރުބިއާލޭސް ޖަލަށްލާން ޕްރޮސިކިއުޓަރުން އެދެފި
ސްޕެއިންގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކުޅުންތެރިއަކަށް ދޮނެއް ދިން މައްސަލައިގައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއާލޭސް ޖަލަށްލާން ޖެހޭ ކަމަށް ސްޕެއިންގެ ޕްރޮސިކިއުޓަރުން ބުނެފިއެވެ.

ސްޕެއިން ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ރުބިއާލޭސްވަނީ ވޯލްޑްކަޕަށް ފަހު ހިނގައިނދިޔަ މި ހަދިސާއާ ގުޅިގެން މަގާމުން އިސްތިއުފާ ދީފައެވެ. އަދި އޭނާ ހުރީ ފީފާއިން ސަސްޕެންޑްވެސް ކޮށްފައެވެ. މިއީ ފީފާ އަންހެން ވޯލްޑް ކަޕްގެ ފައިނަލަށް ފަހު އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އެގައުމުގެ ފޯވާޑް ޖެނީ ހާމޯސޯ އަށް ރުބިއާލޭސް ދޮނެއް ދިން މައްސަލައެވެ.  

މި މައްސަލައިގައި ސްޕެއިންގެ ޕްރޮސިކިއުޓަރުން އަންނަނީ ރުބިއާލޭސްއަށް މަދުވެގެން ދެ އަހަރާއި ބައިގެ ޖަލު ހުކުމެއް އިއްވަން ޖެހޭ ކަމަށް ވަކާލާތު ކުރަމުންނެވެ.

ސްޕެއިންގެ ގައުމީ ޓީމްގެ އަންހެން ކުޅުންތެރިއަކަށް ބޮސް ދިން މައްސަލާގައި ތިން އަހަރަށް ސަސްޕެންޑް ކޮށްފައިހުރި ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއާލެސް އިންގްލެންޑް ދެ ކުޅުންތެރިއަކަށް ވެސް ފުރައްސާރަކުރިކަމުގެ ތުހުމަތުތަކެއްވަނީ އާއްމުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް