ads
ހަސަން ޝިޔާމް
ހަސަން ޝިޔާމްގެ ކެންޑީޑޭސީ ސުޕްރީމް ކޯޓުން ބާތިލުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ، ހަސަން ޝިޔާމްގެ ކެންޑީޑޭސީ ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

ސުޕްރީމް ކޯޓުން، ހަސަން ޝިޔާމްގެ ކެންޑިޑޭސީ ބާތިލުކުރީ، ސާބިތު ދަރަންޏެއްގެ މައްސަލައިގައި، އަމިއްލަ ފަރާތަކުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުން މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، ހަސަން ޝިޔާމްގެ ޝަރުތު ހަމަ ނުވާ ކަމަށެވެ. އެއީ ރިޔާސާތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

ހަސަން ޝިޔާމްއާ ދެކޮޅަށް ހުށަހަޅު މައްސަލާފައި ތުހުމަތު ކޮށްފައިވާ ގޮތުގައި ހަސަންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ޝަރީއަތަށް ސާބިތުވެފައިވާއިރު ހުކުމާ އެއްގޮތަށް އޭނާ ދަރަނި އަދާކުރަމުން ނުދެ އެވެ. މިކަން ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ފާހަގަކޮށްފައެވެ. 

2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ހަސަން ޝިޔާމް ވާދަކުރިއެވެ. އެ ފަހަރު އިލެކްޝަންސްއިން އޭނާގެ ކެންޑީޑޭސީ ބަލައި ނުގަތުމުން، އެ ފަހަރު ކެންޑިޑޭސީ ބަލައިގަތީ ސުޕްރީމް ކޯޓުގެ އަމުރަކަށެވެ. 

ސުޕްރީމް ކޯޓުން ހަސަން ޝިޔާމްގެ ކެންޑިޑޭސީ މިއަދު ބާތިލު ކުރިއިރު، އޭނާއައީ ވަރަށް ގަދައަށް ކެމްޕެއިން ކުރަމުންނެވެ. ހެންވޭރުގެ އެކި ސަރަހައްދުތަކުގައި އެންމެ ބޮޑެތި ކެމްޕެއިން ޕޯސްޓަރުތައް ހަރުކޮށްފައި ހުރީވެސް ހަސަން ޝިޔާމްއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް