ads
ކްރިކެޓް ކާނިވަލުގެ ތެރެއިން
ކަސްޓަމްސް ފައިނަލަށް
ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕްބޯލްގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ، ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ކަސްޓަމްސް ފައިނަލަށް ދަތުރުކޮށްފިއެވެ.

ގްރޫޕް އޭގެ ފަހު މެޗުތައް ކުޅުނުއިރު، ކަސްޓަމްސްއިން ވަނީ ސިފައިންގެ ކުލަބާ ބައްދަލުކޮށް 34 ލަނޑުން މޮޅުވެފައެވެ. މި މެޗުގެ ގުރުދިމާވުމުން ކަސްޓަމްސް ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ ވަނީ 117 ލަނޑު ހަދާފައެވެ. ޖަވާބުގައި ސިފައިންގެ ކުލަބު ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 83 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 15 ބޯޅައިން 26 ލަނޑު ހެދި އަޙްމަދު ތޮލާލެވެ.

ބުދަ ދުވަހުގެ ދެވަނަ މެޗަކީ، ޚާރިޖީ އަދި ސްޕޯޓްސް މިނިސްޓްރީގެ މެޗެވެ. ކުޅިވަރާ ބެހޭ ވުޒާރާ މޮޅުވީ ހަ ވިކެޓުންނެވެ. މި މެޗުގެ ގުރުދިމާވުމުން ޓީމު ޚާރިޖީ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއް ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 104 ލަނޑެވެ. ޖަވާބުގައި ކުޅިވަރާ ބެހޭ ވުޒާރާ ކުޅެން އަރައި ފަހު އޯވަރުގައި ވަނީ އެއް ކުޅުންތެރިއަކު ނުބައިވެގެން 105 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ.

ކަސްޓަމްސްއިން ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ގްރޫޕް އޭގެ އެއްވަނަ ހޯދިއިރު ދެވަނައިގައި ނިންމި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއަށް ހަ ޕޮއިންޓް ލިބުނުއިރު، ތިންވަނައަށް ދިޔަ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އަށް ލިބުނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި ނިންމި ޓީމު ޚާރިޖީއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް