ads
ރަސްގެފާނު ޗާލްސްއާ ރައީސް ނަޝީދު
ރައީސް ނަޝީދު، ރަސްގެފާނު ޗާލްސާ ބައްދަލުކުރައްވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ރަސްގެފާނު ޗާލްސްއާ ބައްދަލު ކުރައްވައިފިއެވެ.

ރަސްގެފާނު ޗާލްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވާފައިވަނީ  ކްލައިމެޓް ވަލްނެރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ނެވެ. 

ބަކިންގް ހަމް ޕެލެސްގައި ކުރިޔަށް ދިޔަ މި ބައްދަލވުމުގެ އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. 

ސީވީއެފްއަކީ ރައީސް ނަޝީދު އަދި ދިވެހިރާއްޖެއިން އިސްވެ 2009 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ ނޮވެމްބަރު، 2009، ގައި ރާއްޖޭގައެވެ. އެއިރު ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އަދަދަކީ 10 އެވެ.

ސީވީއެފްގައި މިހާރު 58 މެމްބަރު ގައުމު ހިމެނޭއިރު އޭގެ ތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިފް އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތައް ހިމެނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް