ads
ސިފައިންނާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ
ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ސިފައިންނަށް ވަކި އަދަދެއް ހާއްސަކުރާނަން: ރައީސް
ސަރުކާރުން ކުރިޔަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ސިފައިންނަށް ވަކި އަދަދެއް ހާއްސަކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޭ ކަޅުތުއްކަލާ ކޮށީގައި ސިފައިންނާ ބައްދަލުކުރައްވައެވެ.

ސިފައިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާކަމަށް ރައީސް ވަނީ ސިފައިންނާ ބައްދަލުކުރައްވާ ވިދާޅުވެފައެވެ. މިގޮތުން ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހިކަމަކީ ސިފައިންނަށް ވެސް ބޭނުންވާނެ އެންމެ އަސާސީ ކަންތައް ކަަމަށާއި، އެހެންކަމުން ކުރިއަށްއޮތް ތަނުގައި ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ އެކިއެކި ސްކީމްތަކުގެ ތެރޭގައި، ސިފައިންނަށް ޚާއްޞަ ކުރެވިގެން އެކަށީގެންވާ އަދަދަކަށް، މި ފަސް އަހަރު ދުވަހުގެ ތެރޭގައި ޔަޤީން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

ސިފައިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވާހަކަފުޅު ދެއްކެވިއެވެ. ރައީސް ވިދާޅުވީ ދިވެހި އަސްކަރިއްޔާއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވާ ދެެއްވުމަކީ އެމަނިކުފާނުގެ އެންމެ އިސްކަމެއްގެ ގޮތުގައި ކުރައްވާނެކަމެއް ކަމަށެވެ.

އަޅުގަނޑުމެންގެ ކާމިޔާބީގެ އަސްލަކަށް ވާންވީ، އަދި ވާނީވެސް، ވެފައި އޮތީވެސް އިސްލާމްދީނަށް ނަޞްރުދިނުންކަން ފާހަގަކުރައްވައި، ދިވެހި ޤައުމަށް ކުރިމަތިވި ކޮންމެ ނުރައްކާތެރި ހާލަތެއްގައި ވެސް، ޤައުމު ސަލާމަތްކުރި ކޮންމެ އަބްޠާލަކު އެ ކުރެއްވި ޖިހާދުގައި ވެސް މައިގަނޑު އަސާސްއަކަށް ހެއްދެވީ، އިސްލާމްދީން ނަގަހައްޓައި، ކުރިއަށް ގެންދިޔުން ކަމަށާއި، މިއީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަން ރައީސް ވަނީ ސިފައިންނަށް ހަނދާންކޮށްދެއްވާފައެވެ. 

މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓާރ ގައްސާން މައުމޫނާއި ސިފައިންގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް