ads
ހަސަންގެ ތާއީދު އެމްޑީޕީ ކެންޑިޑޭޓަށް އޮތްކަން ހާމަކުރަނީ. ފޮޓޯ: ދެން
ހަސަން ކެންޑިޑަސީ ބާތިލުކުރުން ތާއީދު އެމްޑީޕީ ކެންޑިޑޭޓަށް
މަޖިލިސް އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރި ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އެ ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓަށް ތާއިދުކުރަން އޭނާ ނިންމައިފިއެވެ.

މެދު ހެންވޭރަށް އެމްޑީޕީގެ ޓިކެޓްގައި ނުކުންނަނީ އިބްރާހިމް އަލީ ޖަލީލު (އިބޫ ޖަލީލު)އެވެ. 

އެމްޑީޕީ ކެންޑިޑޭޓަށް ތާއިދުކުރާކަން ހަސަން އިއުލާނުކުރީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ފުލުހަށް ހާޒިރުކުރި ތަނަށް ގޮހެވެ. ހަސަން ވަނީ ވަނީ އެމްޑީޕީގެ ކެންޑިޑޭޓާއެކު ފޮޓޯ ނަގާ ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފައެވެ.

ސުޕްރީމް ކޯޓުން، ހަސަން ޝިޔާމްގެ ކެންޑިޑޭސީ ބާތިލުކުރީ، ސާބިތު ދަރަންޏެއްގެ މައްސަލައިގައި، އަމިއްލަ ފަރާތަކުން އެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުން މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، ހަސަން ޝިޔާމްގެ ޝަރުތު ހަމަ ނުވާ ކަމަށެވެ. އެއީ ރިޔާސާތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

ހަސަން ޝިޔާމްއާ ދެކޮޅަށް ހުށަހަޅު މައްސަލާފައި ތުހުމަތު ކޮށްފައިވާ ގޮތުގައި ހަސަންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ޝަރީއަތަށް ސާބިތުވެފައިވާއިރު ހުކުމާ އެއްގޮތަށް އޭނާ ދަރަނި އަދާކުރަމުން ނުދެ އެވެ. މިކަން ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ ފާހަގަކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް