ads
ފަހުމުނާތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----
މުދާ އުފުލަން، އެމްޕީއެލްއާއި ޓާކިޝް އެއާލައިންސްގެ އެއްބަސްވުމެއް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން "ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް"ގެ ހިދުމަތް ފޯރުކޮށްދިނުމަށް ތިން ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެމްޕީއެލްއިން ބުނީ ޓާކިޝް އެއާލައިންސްއާއެކު ސޮއިކުރީ "ސީޓު-އެއާ" ޓްރާންޝިޕްމަންޓް ހިދުމަތުގެ ކާގޯ ޕާޓްނަރެއްގެ ގޮތުގައި ކަމަށާއި އެމްއެސްއެސްއާއެކު ފަހުމުނާމާއެއް ހެދީ ކެރިއާ ޕާޓްނަރަކަށްވުމަށް ކަމަށެވެ.

އަދި އެމްއޭސީއެލްއާއެކު ފަހުމުނާމާއެއް ހެދީ "ސީޓު-އެއާ" ހިދުމަތް ފޯރުކޮށްދިނުމުގައި އެއްބާރުލުން ދީ، ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ކަމަށް އެމްޕީއެލްއިން ބުނެއެވެ.

"ސީ-ޓު-އެއަރ" ކާގޯ ޓްރާންސްޝިޕްމަންޓްގެ ހދުމަތުގެ ކާގޯ ޕާޓްނަރަކީ ޓާކިޝް އެއާލައިންސްއެވެ. މި އެއްބަސްވުމުގައި ޓާކިޝް އެއާލައިންސްގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިންއިން ރާއްޖެއަށް ކަނޑައަޅާފައިވާ އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރ އަލީ ތޯރިގެވެ.

މި ހިދުމަތް ފެށުމަށް ޓާކިޝް އެއާލައިންސްގެ އިތުރުން ދެން ސޮއިކުރީ އެމް.ޕީ.އެލްއިން ސޮއިކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމް.އެސް.އެސް) އާއެކުގައެވެ. މި ފަރާތްތަކާއެކު އެމް.ޕީ.އެލްއިން ސޮއިކޮށްފައިވަނީ އެކަމަށްޓަކާ މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ކެރިއަރ ޕާޓްނަރެއްގެ ގޮތުގައި އެމް.އެސް.އެސްއާއެކު އެމް.ޕީ.އެލްއިން އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި އެމް.އެސް.އެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުހައްމަދު ވަޖީހް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން އެކުންފުންޏާވެސް މުހިންމު ކަންތައްތަކެއް ޙަވާލުކުރައްވާފައިވާކަމަށެވެ.

އެގޮތުން އަލަށް ފަށާ މި ހިދުމަތް ވެގެންދާނީ އެކުންފުނީގެ އިތުރުން މުޅި ރާއްޖޭގެ އިގުތިސޯދަށްވެސް ހެޔޮ ބަދަލުތަކެއް ގެނުވާނެ ހިދުމަތަކަށްކަމަށް ވަޖީހް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް