ads
ރާއްޖެއަށް ހަދިޔާކޮށްފައިވާ ވެހިކަލްތައް --- ފޮޓޯ/ ސަފީރު ވެންގް ލީޒިން
ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް 10 އުޅަނދު ހަދިޔާކޮށްފި
ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް 10 އުޅަނދު ހަދިޔާކޮށްފި އެވެ.

ޗައިނާގެ ޝަންޑަންގް ޕްރޮވިންސް އިން ހަދިޔާކުރި މި ޕިކަޕްތައް ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ހަވީރު މާލޭގެ ކުރީގެ ކުނިކޮށީގައި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެންގް ލީޒިންގެވެ.

ސަރުކާރުގެ ފަރާތުން މި ވެހިކަލްތަކާ ހަވާލުވެ ވަޑައިގަތީ ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފެވެ.

ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވެހިކަލްތަކުން، މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި އުފުލުމަށާއި އެހެނިހެން އާންމު މަސައްކަތްތައް ކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.

ޗައިނާއިން ހަދިޔާކުރި މި ޕިކަޕްތަކަކީ ކުނި އުފުލުމަށާއި މުނިސިޕަލް ބޭނުންތަކަށް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕިކަކުތަކެކެވެ.

ސަފީރު ވެންގް ލީޒިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވެހިކަލްތަކަކީ މާލެ އާއި ރާއްޖޭގެ އެހެން ސިޓީތަކުގައި ކުނި އުފުލުމަށާއި އާންމު މަސައްކަތްތަކަށް ވަރަށް ބޮޑު އެހީއަކަށްވެ، ރާއްޖެއަކީ ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަށް މުހިންމު ދައުރެއް އަދާކުރާނެ އުޅަނދުތަކެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދަން ހެލްތު މިނިސްޓްރީން ވަނީ އިއްޔެ ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މީގެ އިތުރުން ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި 1،500 ޓަނުގެ ބޯފެން މިދިޔަ އަންގާރަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް