ads
ނިޝާންގެ ތާއިދު އެމްޑީޕީއަށް ދިންކަން ހާމަކޮށް ނެގި ފޮޓޯ
ޔާމީންގެ ކެންޑިޑޭޓް، ސަރުކާރަށް ކުރި ތާއިދު ގެންގޮސް އެމްޑީޕީއަށް ތާއިދުކޮށްފި
ކުރީގެ ރައީސް ޔާމީންގެ ތާއީދާއެކު ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ ވާދަކުރާ ކެންޑިޑޭޓް އެ ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓަށް ތާއީދާ ކުރަން ނިންމައިފިއެވެ.

ރައީސް ޔާމީން އުފައްދަވަން މަސައްކަތް ކުރާ ޕީޕަލްސް ނެޝަނަލް ފްރަންޓު(ޕީއެންްއެފް) ގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރަނީ އިބްރާހިމް މިހައްމަދު ނިޝާންއެވެ.

އޭނާ އެދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓް ހުސެއިން ޝަމީމް (އަނދުން ހުސެއިން) ތާއީދުކުރރަން ނިންމާފައި މިވަނީ އެ ދާއިރާއަށް ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމާ އިއްޔެ އޭނާއާއި އެކު ޑޯޓު ޑޯ ކެމްޕައިންގައިވެސް ބައިވެރިވުމަށްފަހުއެވެ.

" ރައީސް މުއިއްޒު ހެންވޭރު ދެކުނުގައި ޑޯ ޓު ޑޯ، ހަތަރު ގަޑިއިރު ހިންގާފައ، ރައީސް ޔާމީންގެ މަޖިލިސް ކެންޑިޑޭޓާއެކު ފޮޓޯ ނެގިތާ ފަސް ގަޑިއިރު ނުވަނީސް އެ ތާއީދު އަނބުރާ ގެނެސް އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކޮށްފި،" އެމްޑީޕީން ބުނެއެވެ.

your imageނިޝާން ސަރުކާރި ކެންޑިޑޭޓަށް ތާއިދުކުރިކަން އަންގާ ނެގި ފޮޓޯ

ހެންވޭރު ދެކުނު ދާއިރާއަށް ސަރުކާރު ހިންގާ ޕީއެންސީން ވާދަކުރަނީ ހުސެއިން އިމްރާން ލަތީފުއެވެ. މިދާއިރާއަށް ޑިމޮކްރެޓްސްގެ ފަރާތުން މާލޭ ސިޓީ ކައުންސިލުގެ ވެސް މެންބަރު މުހައްމަދު ސައިފް ފާތިހުވެސް ވާދަކުރެއެވެ. 

އަންނަ މަހުގ 21 ގައި ބާއްވާ 20 ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާ އަށް 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ 43 އަންހެންނާއި 326 ފިރިހެންނެވެ. 

މަޖިލިސް އިންތިހާބުގައި ޖުމްލަ 608 ވޯޓް ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. އޭގެތެރެއިން 3 ފޮއްޓަކީ ރާއްޖެއިން ބޭރުގައި ބަހައްޓާ ފޮއްޓެވެ. 

އަންނަ މަޖިލިސް އިންތިހާބުގައި 284،663 މީހުންނަށް ވޯޓް ލިބުމުގެ ހައްގު ލިބިގެންވެއެވެ. އެއީ 139،361 އަންހެނުންނާއި 145،302 ފިރިހެނުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް