ads
ބައްސާމް އަދީލް ޖަލީލް
އަނެއްކާވެސް އެއްލައްކަ ޑޮލަރުގެ ހުކުމެއް އެފްއޭއެމަށް
ބީ ހައިވް ހޮޓަލަށް އެއް ލައްކަ ޑޮލަރުގެ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ހުކުމެއްކޮށްފިއެވެ.

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު އެފްއޭއެމްގެ މައްޗަށް ކުރި މި ހުކުމަކީ، އެ އެސޯސިއޭޝަންގެ ފަރާތުން ބީހައިވް ހޮޓަލުން ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ނުދައްކައިގެން އެ ކުންފުނިން އެފްއޭއެމާ ދެކޮޅަށް ދައުވާ ކުރުމުން ކުރި ހުކުމެކެވެ. 

މި މައްސަލައިގައި ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ހުކުމް ކުރީ، އެއް އަހަރު ދުވަހުގެ ތެރޭގައި ބީހައިވް ހޮޓެލަށް ދައްކަން ޖެހޭ 102،186 ޑޮލަރު ދެއްކުމަށެވެ. 

މާލީ ބޮޑު އަދަވަޅަކަށް ވެއްޓިފައިވާ އެފްއޭއެމްގެ މައްޗަށް އަނެއްކާވެސް ބޮޑު ހުކުމެއް އައިއިރު، މީގެ ކުރިންވެސް އެތައް ބަޔަކަށް ފައިސާ ނުދީގެން އެފްއޭއެމްގެ މައްޗަށް އެތައް ހުކުމެއް އައިސްފައި އެބައޮތެވެ. އަދި މީގެ އިތުރުން މަނީލޯންޑްރިންގެ ތުހުމަތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް މިހާރުވަނީ ފެށިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް