ads
ޗައިނާ އެފްއޭގެ ކުރީގެ ރައީސް ފީފާގެ ރައީސްއާއެކު
ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ޗައިނާ އެފްއޭގެ ކުރީގެ ރައީސް އުމުރަށް ޖަލަށް
ޗައިނާގެ ގައުމީ ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ވެރިޔާ ޗެން ޒުޔުއާންގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލައިފިއެވެ.

ޗައިނާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މެދުތެރޭ ހުބެއި ޕްރޮވިންސްގެ ކޯޓަކުން ނިންމީ ޗެން 2010 އިން 2023 އަށް ޗައިނީސް ފުޓްބޯޅަ އެސޯސިއޭޝަން (ސީއެފްއޭ) އާއި ގުޅުން ހުރި މަގާމުތައް ހިމެނޭ ގޮތަށް އޭނާގެ އެކި މަގާމުތަކުގެ ފައިދާ ނަގައިގެން ޕްރޮޖެކްޓް ކޮންޓްރެކްޓިން އާއި އިންވެސްޓްމަންޓް އޮޕަރޭޝަންސް އަދި ސްޕޯޓްސް އިވެންޓްތަކުގެ އިންތިޒާމްތަކާ ގުޅޭ ކަންކަމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާވަނީ އެކި ޕްރޮޖެކްޓްތަކުން ނަހަމަ ގޮތުގައި 11 މިލިއަން ޑޮލަރު ހޯދާފައެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ހުކުމުގައި އޭނާ ވަނީ ޗައިނާގެ ފުޓްބޯޅަ މަސައްކަތަށް "ބޮޑެތި ގެއްލުންތަކެއް" ދީފައިކަމަށް ބުނެފައިވެއެވެ.

އުމުރުން 67 އަހަރުގެ ޗެންއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، ޖެނުއަރީ މަހު ގައުމީ ޓީވީން ދައްކާފައިވާ ކޮރަޕްޝަނާ ބެހޭ ހަތަރު ބައިގެ ޑޮކިއުމެންޓްރީ ސީރީޒެއްގެ އެންމެ ފަހު އެޕިސޯޑުގައި ޗެން ބުނީ 2019 ވަނަ އަހަރު ސީއެފްއޭގެ ޗެއާމަން ކަމަށް ވަޑައިގަތުމުގެ ކުރިން ރޭ ކޮންމެ ބެކްޕެކްއެއްގައި 300،000 ޔުއާން (41،562 ޑޮލަރު) ލޯކަލް ފުޓްބޯޅަ އޮފިޝަލުންގެ އަތުން ލިބިފައިވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް