ads
ރައީސް މުއިއްޒު ޣައްސާނަށް ވަޒީރު ކަމުގެ ފަތްކޮޅު އަޅުވަނީ
ޕީޕީއެމް އޮތީ ރައީސް މުއިއްޒާ އެކު، ހީނަރުކަމެއް ނެތް: ޣައްސާން
ޕީޕީއެމް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށާއި ހީނަރުކަމެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން އެ ފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމް/ ޕީއެންސީއަށް އެއްވެސް ދިރުމެއް ރައީސް ޑރ. މުއިއްޒު ދޭން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޣައްސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބަށް ރައީސް ޑރ. މުއިއްޒު ނިކުމެ ވަޑައިގަތީ އެ ކޯލިޝަނުން އެންގެވި ފޯމިއުލާއެކު، އެ ކޯލިޝަނުގެ ސެނެޓާއި ލީޑަރުންނާއި އަދި އެ ކޯލިޝަނުން އިންތިހާބު ކޮށްފައި ހުރިހާ ގުނަވަންތަކާއިިިިިިިިިި ޕާޓީގެ އާންމު މެމްބަރުންގެ އިތުބާރާއި ތާއީދާއެކު ކަމަށެވެ.

"މިއަދުވެސް ހާލަތު އޮތީ ހަމަ އެހެން. ޕީޕީއެމުން ދާނީ ރައީސް އަރިހުގައި އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތު ކަމާއެކު ވަރުބަލި ކަމެއްނެތި ހަރަކާތްތެރިވަމުން." އޭނާ ވިދާޅުވި އެވެ.

ޣައްސާން އިތުރަށް ވިދާޅުވީ އެ ކޯލިޝަނުގެ ސަފުތަކަކަށް އެއްވެސް ހީނަރުކަމެއް ނާންނަ ކަމަށާއި ނުވެސް އަންނާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް ދެ ޕާޓީގެ ވިސްނުމެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިވެވަޑައިގަތުމަށްފަހު ރައީސް ޔާމީން ތަކުރާރުކޮށް ގެންދަވަނީ ޕީޕީއެމާ މެދު ޕީއެންސީން ކަންކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޣައްސާން މިހެން ވިދާޅުވެފައިވާއިރު ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ޕީޕީއެމްއަކީ ވަކި މީހެއްގެ މިލްކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ގައުމިއްޔަތުގެ ފިކުރު ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް