ads
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ތައުލީމީ ވަޒީރު އިސްމާއީލް ޝަފީއު
ޓެސްޓް އަވަސްކުރަން ވަޒީރު ނިންމި ނިންމުން ބަދަލުކުރަން ރައީސް އަންގަވައިފީ
މަޖލިސް އިންތިހާބައި ގުޅިގެން ސްކޫލްތަކުގެ އިމްތިހާނު އަވަސްކުރަން ތައުލީމީ ވަޒީރު ނިންމެވި ނިންމެވުމަށް އަމަލު ނުކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖލީހުގެ އިންތިހާބު މިމަހުގެ 21 ފަސްކުރަން ނިންމުމުން އެ ތާރީހު ސްކޫލް ތަކުގެ އިމްތިހާނާއި ދިމާވާތީ އިމްތިހާނުތައް އަވަސްކުރަން ނިންމާ ތައުލީމީ ވުޒާރާއިން އެކަން އިއުލާންކުރީ މިމަހު ކުރީކޮޅެވެ.

 އެ ނިންމުން ނިންމާ ސްކޫލްތަކަށް ވުޒާރާއިން ފޮނުވި ސާކިއުލާގަައި ވަނީ ގްރޭޑު 7،8 އަދި 9 ގެ ދަރިވަރުންގެ އިމްތިހާނު ކުރިން 16 އޭޕްރީލް އިން 27 އަށް ކަނޑައަޅާފައިވީ ނަމަވެސް އެ އިމްތިހާނު އަވަސްކުރަން ނިންމާފައިވާކަމަށެވެ. އަދި މި ނިންމުމާއި އެކު އިމްތިހާނު މި ހިންގާ މާރިޗުމަހުގެ 27 އާއި އަންނަ މަހުގެ 25 އާ ދެމެދު ބާއްވަން ސްކޫލްތަކަށް ވަނީ އަންގާފައެވެ. 

އެކަމާއި ގުޅިގެން ގިނަ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ރާއްޖޭގެ ޓިވީ ޗެނަލަކަށް ރައީސް ޑރ މުއިއްޒު ދެއްވި އިންޓަރވިއުއްގައި އެމަނިކުފާނު ވަނީ އިމްތިހާނުތަކަށް ތައުލީމީ ވުޒާރާއިން ގެނައި ބަދަލާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. 

ރައީސް މުިއއްޒު ވިދާޅުވީ ތައުލީމީ ދާއިރާގެ އެކަހަލަ ކަންކަން ހަމަޖައްސާ ރާވަން ވާނީ ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތިނުވާ ގޮތަށްކަމަށެވެ. އެހެންކަމުން ވަޒީރު ޑރ. އިސްމާއިލް ޝަފީއުއާ ވާހަކަ ދައްކަވައިގެން އިމްތިހާނު އަވަސް ނުކުރާ ގޮތަށް ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

ރައީސް މިހެން ވިދާޅުވިއިރު ބައެއް ސްކޫލްތަކުގައި މިހާރު ވަނީ އިމްތިހާނުތައް ފަށާފައެވެ، އަދި ރޯދައިގެ ފަހު 10 އެއްގެ ޗުއްޓީއަށް ދިޔުމުގެ ކުރިން ބައެއް މާދާތަކުގެ ޓެސްޓްތައް ވަނީ ނަގާވެސް ނިމިފައެވެ. 

އެކެޑެމިކް ކަލަންޑަރުގައި ވާގޮތުން މިއަހަރު ފުރަތަމަ ޓާމު ނިމި ސްކޫލްތައް މެއި މަހުގެ 2 ގައި ބަންދުވާނެއެވެ. އަލުން ސްކޫލް ހުޅުވޭނީ މޭ މަހުގެ 23 ވަނަދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް