ads
އުމުރުން 8 އަހަރު، މިހާރު މަސްތުވާތަކެތި ވިއްކުމުގައި
"މަސްތުގެ މީހުންގެ އެންމެ ބޮޑު ހައްލަކީ ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން"
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އޮތް އެންމެ ބޮޑު ހައްލަކީ ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މަސްތުވާތަކެތި ބޭނުންކޮށްގެން މި ގައުމުގައި ހަލާކުވަމުންދާ ޒުވާން ޖީލާ ދޭތެރޭގައި ގައުމީ ނަޒަރަކުން ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯ މާލެ ސިޓީ، މއ.ބޯޅަކިންކިރިމާގޭ ޢާއިޝަތު ޝެރީން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. 

އެ ސުވާލަށް ޖަވާބުދެއްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުތަކުގެ ތެރޭގައި އެ ކަމަށް ހައްލު ގެނައުމަށް ކުރާނެ ކަންކަން ފާހަގަކޮށްފައި ވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ކޮމިއުނިޓީ ބޭސްޓް ރިހިބިލިޓޭޓްކޮށް އިސްލާމީ ހަމަތަކުގެ މަތިން ތަރުބިއްޔަތުކޮށް ތައުލީމާއި ތަމްރީން ދީ ވިސްނައިދީ އަނބުރާ މުޖްތަމައުމަށް ގެނައުން ކަމަށް ވިދާޅުވި އެވެ. 

"ކޮމިއުނިޓީ ބޭސްޑް ގޮތަށް ރިހެބިލިޓޭޓްކޮށް، އިސްލާމް ދީނުގެ ހަމަތަކުގެ މަތިން އެ ކުދިންނަށް ތައުލީމާއި ތަރުބިއްޔަތުދީ ހަދައިގެން، އަނބުރާ މުޖުތަމައަށް ބޭނުންތެރި ކުދިންގެ ގޮތުގައި ގެނައުމަކީ އަޅުގަނޑުމެން އެންމެންވެސް ބޭނުންވާގޮތް" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.


ރައީސް ވިދާޅުވީ މަސްތުވާތަކެތީގައި ވަބާގައި ޖެހޭ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ނެރުމަށް ރަނގަޅު ފެންވަރުގެ ރިހެބިލިޓޭޝަން މަރުކަޒުތައް މުހިންމު ކަމަށާއި، އެފަދަ އެކި މަރުކަޒުތައް މި ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމު ކުރައްވާނެ ކަމަށެވެ. 

އަދި މިހާރު އެ މަރުކަޒުތައް ގާއިމުކުރާނެ ރަށްތައް ކަނޑައެޅިފައިވާކަންވެސް ރައީސް ވިދާޅުވި އެވެ. މިހާރު ކެބިނެޓުން އެކަމާއި ގުޅޭ ގޮތުން މަޝްވަރާކޮށް ސިޔާސަތު ކަނޑައަލައިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް