ads
ސައުދީގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޕްރިންސް ފައިސަލް ބިން ފަރުހާން ބިން އަބްދުالله
ސައުދީ އެފްއެމް އިން ފަލަސްތީނުގެ ބޮޑުވަޒީރާ ފޯނުން ގުޅުއްވާ މަޝްވަރާކޮށްފި
ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީ އިން ފަލަސްތީނުގެ ބޮޑުވަޒީރާ ފޯނުން ގުޅުއްވާ މަޝްވަރާކުރައްވައިފި އެވެ.

ސައުދީ މީޑިއާތަކުން ބުނާ ގޮތުގައި ސައުދީގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޕްރިންސް ފައިސަލް ބިން ފަރުހާން ބިން އަބްދުالله ފަލަސްތީނުގެ ބޮޑުވަޒީރު އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ޑރ. މުހައްމަދު މުސްތަފާ އަށް ގުޅުއްވާ މަޝްވަރާކުރެއްވީ މިއަދު އެވެ.

ޕްރިންސް ފައިސަލް ވަނީ ފަލަސްތީނުގެ ސަރުކާރު އުފައްދައި ފަލަސްތީނުގެ ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމުން މުސްތަފާއަށް މަރުހަބާ ވިދާޅުވެ، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި ދުވަސްވަރުގެ އަލީގައި ހިދުމަތް ކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.

މި ގޮވާލުމުގެ ތެރޭގައި ގާޒާގެ އެންމެ ފަހުގެ ކަންތައްތަކާއި ހަނގުރާމަ ހުއްޓާލުމަށް ކުރެވުނު މަސައްކަތާއި ގާޒާ ހުރަސްކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ.

އެއްގަމު މަގުން ގާޒާއަށް ހަމަލާތައް ދެމުން އަންނަތާ ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ވަނީ އިތުރުކޮށްފަ އެވެ. ގާޒާގައި ހުރި ގާތްގަޑަކަށް ހުރިހާ ހޮސްޕިޓަލަކީ އިސްރާއީލުގެ ހަމަލާތަކަށް ފިލަން ގާޒާގެ ގިނަ ބަޔަކު ގޮސް ތިބި ތަންތަނެވެ.

ހަމަލާތަކުގެ ސަބަބުން އިންސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ޣައްޒާގެ 2.3 މިލިއަން މީހުންނަށް އެހީ ފޯރުކޮށްދިނުން ވެސް އިސްރާއީލުން އޮތީ ހުއްޓުވައިފައެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ގާޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 32،905 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް