ads
އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތުގެ ދަށުން ކާބޯތަކެތި ބަރު ކޮށްފައިވާ އުނޅަދު
ލީބިޔާގެ އެހީ ބޯޓު މިސްރާތާއިން ގާޒާއަށް ފުރައިފި
ބައިނަލްއަގްވާމީ ކެމްޕޭން "ޓު ސޭވް ގާޒާ" ގެ ދަށުން ލީބިޔާގެ އެހީ ބޯޓު މިސްރާތާ ބަނދަރުން، ގާޒާއަށް އެހީގެ ސާމާނާއެކު ފުރައިފި އެވެ.

މި އުޅަނދު ދަތުރުކުރަނީ ގާތްގަނޑަކަށް 1،600 ޓަނުގެ ކޮންމެހެން ބޭނުންވާ ރިލީފް ސާމާނު ހިފައިގެންނެވެ. ބޭހާއި ޓެންޓްތަކާއި ބްލެންކެޓްތަކާއި ވިންޓަރ ހެދުންތަކާއި ކާބޯތަކެތި ހިމެނޭ މި މާއްދާތަކަކީ ލީބިޔާގެ ބައެއް ސިޓީތަކުގެ މަދަނީ ޖަމިއްޔާތަކުން ދީލަތިކަމާއެކު ކޮންޓްރިބިއުޓްކޮށްފައިވާ މާއްދާތަކެކެވެ. ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި މި ހަދިޔާތައް އެއްކޮށްފައިވަނީ ގާޒާއަށް އެހީތެރިވުމަށް އަމާޒުކޮށްގެން ލީބިޔާގެ ހިއުމަނިޓޭރިއަން ރިލީފް ކެމްޕޭނުން ކޯޑިނޭޓްކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެއްގެ ތެރެއިންނެވެ.

އެހީގެ ބޯޓު 3 އޭޕްރީލް ވާ ބުދަ ދުވަހުގެ ނިޔަލަށް މިސްރުގެ އަލްއަރީޝް ބަނދަރަށް ވާސިލްވާނެ ކަމަށް ބެލެވެ އެވެ. ލީބިޔާގެ ރެޑް ކްރެސެންޓާއި މިސްރުގެ ކުންފުންޏާ ދެމެދު ކޯޑިނޭޝަންގެ އިންތިޒާމު ހަމަޖައްސާފައި ވަނީ އަލްއާރިޝް އިން ރަފާއަށް، ކުރިއަށް ގާޒާއަށް އެހީތައް އެއްވެސް ދަތިކަމެއް ނެތި ބާލައި ގެންދިއުމަށެވެ. ލީބިޔާގެ ރިލީފް ކެމްޕޭނުން ކޮމިޝަންކޮށްފައިވާ އިންޓަނޭޝަނަލް ކެމްޕޭން ޓު ސޭވް ގާޒާ ތަމްސީލުކުރާ މައިލްސް އޮފް ސްމައިލްސް އިން އެހީ ފޯރުކޮށްދިނުން އަވަސްކުރުމަށް ގާހިރާ އާއި އަލް އަރީޝްގައި މިސްރުގެ ކަމާބެހޭ ފަރާތްތަކާ އެކު ކުރަންޖެހޭ ހުރިހާ އިޖުރާއަތްތަކެއް ބަލަހައްޓާނެ އެވެ.

އިންޓަނޭޝަނަލް ކެމްޕޭން ޓު ސޭވް ގާޒާއިން އިސްނަގައިގެން އިންޓަނޭޝަނަލް ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ އެހީތެރިކަމާއެކު ލީބިޔާގެ އެހީ ބޯޓު ކެމްޕޭން ފެށީ ޑިސެމްބަރު މަހުގެ ފަހުކޮޅުގަ އެވެ. ލޯކަލް ކޯޑިނޭޝަން ބަލަހައްޓަމުން ދިޔައީ ޓްރިޕޮލީ، މިސްރާތާ، ޒްލިޓެން، މަސާލާތާ، އަލްޒަވިޔާ އަދި އެއަށްވުރެ ދުރުގައި ހުރި މަދަނީ ޖަމިއްޔާތަކުގެ މުއައްސަސާތަކާއި ޗެރިޓަބަލް ޖަމިއްޔާތަކުގެ އެކްޓިވިސްޓުންނާއި މަންދޫބުންނެވެ. މި ކެމްޕޭނަށް ތާއީދު ލިބުނީ މިސްރާތާގެ މުނިސިޕަލްޓީ އާއި ލީބިޔާގެ ސުޕްރީމް ކައުންސިލް އޮފް ސްޓޭޓް އިން އުފެއްދި ފަލަސްތީނުގެ މައްސަލައަށް ތާއީދު ކުރުމަށް އަލަށް އުފެއްދި ކޮމިޓީންނެވެ.

ގާޒާގައި ތިބި އާންމުން ބަނޑަށްޖެހުމުގެ ހާލަތެއް ކުރިމަތިވުން ހުއްޓުވުމަށް ހުރަސްތަކެއް ނެތި ގާޒާއަށް އެހީވެއްދޭނެ ގޮތް ހެދުމަށް އދ.ގެ އެންމެ މަތީ ކޯޓުން އިޒްރޭލުގެ މައްޗަށް މި ފަހުން ވަނީ އަމުރުކޮށްފަ އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ ފަނޑިޔާރުން އިއްތިފާގުވި މި ނިންމުމުގައި، "ލަސްތަކެއް ނުވެ" ގާޒާގެ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ "އަސާސީ ހިދުމަތްތަކާއި އިންސާނީ އެހީ" ވެއްދުމުގެ ހުއްދަ އިޒްރޭލުން ދޭން ޖެހޭނެ އެވެ.

އައިސީޖޭގެ އަމަރު އައިސްފައި މިވަނީ ގާޒާގެ ރައްޔިތުން ބަނޑަށްޖެހުމުގެ ހާލަތަކާ ކުރިމަތިވާން އުޅޭކަމަށް ބުނެ ފާއިތުވެދިޔަ ހަފްތާތަކުގައި އެކި ފަރާތްތަކުން ގިނަ އިންޒާރުތަކެއް ދީފައި ވަނިކޮށެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާ ސަރަހައްދުގައި ޚިދުމަތްދެވޭ ގޮތަށް މިހާރު ހުރީ އެންމެ 10 ހޮސްޕިޓަލެވެ. ހަނގުރާމައިގެ ކުރިން ގާޒާގައި ހިދުމަތްދޭ 36 ހޮސްޕިޓަލް ހުރި ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

"މުޅި ގާޒާގައި ވެސް މި ވަގުތު މަސައްކަތްކުރާ ހުރީ އެންމެ 10 ހޮސްޕިޓަލް. އެހެންވެ، އެތައް ހާސް ބަލިމީހުން ތިބީ ސިއްހީ ފަރުވާއިން މަހުރޫމްވެފައި،" ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހު ގާޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއަކާ ގުޅިގެން ހަމާސް ނައްތައިލުމަށް ކަމަށްބުނެ އިސްރާއީލުން އަންނަނީ އެއްވެސް ރަހުމެއްނެތި ގާޒާގެ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ. ހަމަލާތަކުގައި ގިނަ އަދަދެއްގެ ސިއްހީ ފަރުވާދޭ ތަންތަން ވަނީ ސުންނާފަތިކޮށްފަ އެވެ.

އެއްގަމު މަގުން ގާޒާއަށް ހަމަލާތައް ދެމުން އަންނަތާ ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ހޮސްޕިޓަލްތަކަށް ދޭ ހަމަލާތައް ވަނީ އިތުރުކޮށްފައެވެ. ޣައްޒާގައި ހުރި ގާތްގަޑަކަށް ހުރިހާ ހޮސްޕިޓަލަކީ އިސްރާއީލުގެ ހަމަލާތަކަށް ފިލަން ގާޒާގެ ގިނަ ބަޔަކު ގޮސް ތިބި ތަންތަނެވެ.

your imageއަލް-ޝިފާ ހޮސްޕިޓަލް ހުންނަ ސަރަހައްދުން ދުރަށް ފަލަސްތީނު އާންމުންތަކެއް ހިނގަނީ.

ހަމަލާތަކުގެ ސަބަބުން އިންސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ގާޒާގެ 2.3 މިލިއަން މީހުންނަށް އެހީ ފޯރުކޮށްދިނުން ވެސް އިސްރާއީލުން އޮތީ ހުއްޓުވައިފަ އެވެ. ޔަހޫދީންގެ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 32,705އަށް އުފުލިފަ އެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެ އެވެ. އަދި, މި އުދުވާނުގައި ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 75,190އަށް އުފުލިފަ އެވެ. 

ޔަހޫދީ އިޒްރޭލު ސިފައިން އަލް-ޝިފާ ހޮސްޕިޓަލަށް ފުރަތަމަ ވަދެގަނެފައި ވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. ހަމާސް އިން ބިމު އަޑީގައި ހަދާފައިވާ މަގުތަކެއް އެ ހޮސްޕިޓަލުން ހޯދިފައިވާ ކަމަށް އެފަހަރު އިޒްރޭލުން ބުނެފައި ވެ އެވެ. ނަމަވެސް އަލް-ޝިފާ ހޮސްޕިޓަލު އަސްކަރީ ކަންކަމަށް ބޭނުން ކުރަމުންދާކަމުގެ ތުހުމަތު ހަމާސް އާއި އެ ހޮސްޕިޓަލުގެ މެޑިކަލް ސްޓާފުން ވަނީ ދޮގުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް