ads
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް - ފޮޓޯ: މަޖިލިސް
އިސްވެރިންނާ ގާތް ފަރާތްތަކާއެކު ދައުލަތުން ވިޔަފާރިކުރުން މަނާކޮށްފި
ދައުލަތުގެ އޮފީސްތަކުގެ ފައިސާއާބެހޭ އިސްވެރިންނާ އާއިލީ ގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ގުޅުންހުރި މީހުންނާއެކު ދައުލަތުން ވިޔަފާރީގެ މުއާމަލާތްތައް ކުރުން މަނާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި އުސޫލުގައި ބުނެފައިވަނީ ދައުލަތުގެ މުވައްޒަފުންނާ ގުޅުންހުރި މީހުންނާ އެކު ވިޔަފާރިކުރާ ނަމަ އެކަމަށް ހުއްދަ ނަގަންޖެހޭނެ ކަމަށެވެ.

ދައުލަތުގެ އޮފީސްތަކުގެ ފައިސާއާބެހޭ އިސްވެރިންނާއި ޕްރޮކިއުމެންޓާބެހޭ އިސްވެރިންނާއި މާލީ ޒިންމާދާރު ވެރިޔާގެ އިތުރުން ސެކްރެޓަރީ ޖެނެރަލާ އާއިލީ ގޮތުން ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް އެއްވެސް ފަރާތަކާ އެކު ވިޔަފާރީގެ މުއާމަލާތެއް އެ އޮފީހަކުން ކުރުމަކީ މަނާ ކަމެއް ކަމުގައި ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ. ނަމަވެސް ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ އެފަދަ ކަމަކަށް ހުއްދަ ދެވިދާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެގޮތަށް ހުއްދަ ދިނުމުގައި ވަކި ހާއްސަ ކަންކަމަށް ބަލާނެ ކަމަށާއި، އެކަމުގެ ރެކޯޑް ގަވާއިދުން ބަލަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އެއީ ވަގުތީ ހުއްދައެއް ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

މީގެއިތުރުން އާއިލީ ގޮތުން ގުޅިފައިވާ ކަމަށް ބެލުމަށް ކަނޑައެޅުމަށް ނިންމާފައިވަނީ މައިންބަަފައިންނާއި ކައިވެނިކޮށްގެން އުޅޭ މީހުންނާއި ދަރިންނާއި އެއްބަނޑު އެއްބަފާ މީހުންނާއި އެއްބަފާ ނުވަތަ އެއްބަނޑު މީހުންގެ އިތުރުން ދޮންދަރިންނާއި ކައިވެނިކޮށްގެން އުޅޭ މީހުންގެ އާއިލާ މީހުންނެވެ.

އެ އުސޫލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ މުވައްޒަފަކަށް މުސާރައެއް ނުވަތަ އުޖޫރައެއް ދޭ ނަމަ އެއީ ވެސް ގުޅުން އޮތް ފަރާތެއް ކަމަށް ބެލެވޭނެ ކަމުގަ އެވެ. 

އެ އުސޫލުގައިވާ ގޮތުން އެއާ ހިލާފަށް އަމަލުކޮށްފިނަމަ މާލިއްޔަތު ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް