ads
އައްޑޫ މޭޔަރު އަލީ ނިޒާރާއި ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް
އައްޑޫގައި ފަތުރުވެރިކަމާ ގުޅޭ ބައްދަލުވުންތަކެއް ބާއްވަނީ
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން އައްޑޫގައި ފަތުރުވެރިކަމާ ބެހޭ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމައިފި އެވެ.

އެމްއެމްޕީއާރްސީން ބުނީ، ޓޫރިޒަމް މިނިސްޓްރީއާއި އެެމްޕީއާރްސީ ގުޅިގެން ބާއްވާ ބައްދަލުވުންތަކަކީ ސައުތު ރީޖަން ސިމްޕޯޒިމްގެ ކުރިން ބާއްވާ ޕްރެލިމިނަރީ ބައްދަލުވުންތަކެއް ކަމަށެވެ.

މި ބައްދަލުވުންތަކަކީ ގުޅުންތައް ބަދަހި ކުރުމުގެ މަގްސަދުގައި ބާއްވާ ބައްދަލުވުންތަކެއް ކަމަަށް އެމްއްޕީއާރްސީން ބުނެ އެވެ.

އައްޑޫގައި ބާއްވާ މި ބައްދަލުވުންތައް ކުރިއަށްދާނި އެޕްރީލް މަހުގެ ތިން ވަނަ ދުވަހާއި ހަތަރުވަނަ ދުވަހު އެވެ. އެގޮތުން ތިންވަނަ ދުވަހު ސައުތް ޕާމް ރިސޯޓުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އިސް ފަރާތްތަކަށް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސައުތު ޕާމް ރިސޯޓުގައި ސައުތު ރީޖަން ސިމްޕޯޒިއަމް އާއި ގުޅޭގޮތުން އައްޑޫގެ ކަމާގުޅުން ހުރި ފަރާތްތަކާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހިމްގެ އިތުރުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވެސް ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ

މީގެއިތުރުން މި ބައްދަލުވުންތަކުގެ ތެރެއިން ’ަޑޫސިޓީ ކައުންސިލާއި، އައްޑޫގެ ފަތުރުވެރިކަމަށް ބިން ނަގާފައިވާ ފަރާތްތަކާއި އަދި ސަރުކާރުގެ ފަރާތުން އައްޑޫއިން މަޖިލިހަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި ވެސް ބައްދަލު ކުރާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް